އިންޑިއާ

ޕުލްވާމާ ޓެރާ އެޓޭކް: މަރުވި ސިފައިންގެ އާއިލާތަކަށް އަކްޝޭގެ ފަރާތުންވެސް ފަސް ކަރޯޑް ރުޕީސް

ކަޝްމީރުގައި ހަރަކާތްތެރިވި އިންޑިއާގެ ސިފައިންނަށް އަމާޒުކޮށްގެން މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި 49 މިލިޓަރީ ސިފައިންގެ އާއިލާއަށް ފަސް ކްރޯޑް ރުޕީސް ބޮލީވުޑް ތަރި އަކްޝޭ ކުމާރު ދީފިއެވެ.

އަބަދުވެސް ސިފައިންނާ ފުލުހުންގެ ދިފާއުގައި ވަކާލާތު ކުރާ ތަރިއެއް ކަމަށްވާ އަކްޝޭ ކުރި ޓުވީޓުގައި ބުނީ އެ ހާދިސާގެ އަޑު އިވުމުން ފުން ހިތާމައެއް ލިބުނު ކަމަށާއި އެއީ ހަނދާނުން ނުފޮހެވޭނެ ހާދިސާއެއް ކަމަށެވެ. އަދި މަރުވި ފުރާނަތަކަށް ހެޔޮ ރަހްމަތް ލައްވައި އަނިޔާވި މީހުނަށް އަވަސް ފަރުވާ އަކަށްވެސް އަކްޝޭވަނީ އެދިފައެވެ.

މީގެ އިތުރުން އަކްޝޭ ވަނީ ރިލީފް ފަންޑަށް ގިނަ ބަޔަކު އެހީވުމަށްވެސް ގޮވާލައިފައެވެ.

ޕުލްވާމާގައި މަރުވި ސިފައިންގެ ކޮންމެ އާއިލާ އަކަށް މެގާ ސްޓާ އަމީތާބް ބަޗަންވެސް ވަނީ ފަސް ލައްކަ ރުޕީސް ހަދިޔާ ކޮށްފައެވެ.