ސަލްމާން ޚާން އަދި ކެޓްރީނާ ކައިފް ވަނީ ގިނަ ފިލްމުތަކެއް އެކީގައި ކުޅެފައެވެ. ރަންބީރު ކަޕޫރާ ކެޓްރީނާ ރައްޓެހި ވުމުގެ ކުރިން ސަލްމާނާ ރައްޓެހިވެގެން އުޅުނު ކަމުގެ ވާހަކަތައްވެސް ވަނީ ދެކެވިފައެވެ. މީގެ އިތުރުން ސަލްމާންގެ އާއިލާއާވެސް ކެޓްރީނާ ވަރަށް ގާތެވެ.
ކެޓްރީނާއާ ސަލްމާންވެސް މިދުވަސްވަރު ސިންގަލްކޮށް ތިވޭތީ އާއި އަނެއްކާވެސް އެކީގައި ފިލްމެއްގެ މަސައްކަތުގައި އުޅޭތީ ފޭނުން ތިބެނީ މިދެތަރިން ގުޅޭނެ ކަމުގެ އުއްމީދުގަ އެވެ.
ފޭމަސްލީ ފިލްމްފެއާ ޝޯއަށް ކެޓްރީނާ ދިޔުމުން ފޭނެއް ވަނީ ސަލްމާން އާ ކައިވެނި ކުރަންވީ ނޫންތޯ ކިޔާ އާދޭސްވެސް ކޮށްފައެވެ. އެއަށް ކެޓްރީނާ ޖަހާލީ ހިނިގަނޑެކެވެ. އަދި ދެން ބުނެލީ "ހްމްމްމް..." އެކަންޏެވެ.
ޝޯގައި ކެޓްރީނާއަށް އިތުރަށް ކުރިމަތިވި ސުވާލަކީ ކައިވެނި ކުރާނީ ކޮން އިރަކުންތޯއެވެ. ޖަވާބަކަށް ކެޓްރީނާ ބުނީ ކައިވެންޏެއް ކުރުމަށް ދެމީހުން ބޭނުންވާ ކަމަށާއި، ރަނގަޅު މީހަކާ ދިމާވުމުން އެކަންވެސް ކުރާނެ ކަމަށެވެ.