ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރު މާރިޔާ ގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަނީ

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް، ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއާއި ކޮންގްރެސް ޕާޓީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ކުރާނެ މަސައްކަތަކީ ޑިފެންސް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުން ކަމަށެވެ.

"އެއީ މި ގައުމުގެ މިނިވަންކަން ބޭރު ބަޔަކަށް ދޫކޮށްލަން ވިދާޅުވެފައި ނޫނީ އޭގެ އިންޒާރުދީފައި ދެނެއް ނުތިބެވޭނެ އިނގޭތޯ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

ޑިފެންސް މިނިސްޓަރުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ބައްލަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭފުޅުން ދައްކަވާ ވާހަކައަށް ބަލާފައި ގެންދާނީ ފަހަރަކު މީހެއް ފަހަރަކު މީހެއް. އެބޭފުޅުން ހަމަ މަގަށް އެޅުވުމުގެ މަސައްކަތްވެސް ކުރާނަން،" އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.