އިންޑިއާ

ރަޖްނީކާންތް އިންޑިއާގެ ލޮކް ސަބާ އިންތިހާބުގައި ވާދަ ނުކުރާނެ

ބަތަލު ރަޖްނީކާންތް މިފަހަރު އިންޑިއާގެ ލޮކް ސަބާ އިންތިހާބުގައި ވާދަ ނުކުރާނެކަމަށް ބުނެފި އެވެ.

ރަޖްނީކާންތް ވަނީ އިންތިހާބުގައި ވާދަ ނުކުރާ ވާހަކަ ހާމަކޮށް އޭނާގެ އަމިއްލަ ސިޔާސީ ޕާޓީ ރަޖްނީ މައްކަލް މަންޑްރަމް (އާރްއެމްއެމް)އިން ބަޔާނެއް ވެސް ނެރެފައެވެ. އެންމެ ފަހުން ޕެޓާ ފިލްމުންވެސް ފެނިގެން ދިޔަ ރަޖްނީކާންތުގެ ބަޔާނުގައި ބުނީ އޭނާގެ ފޮޓޯއާއި ދިދަ އަދި ނަމާއި ސިޔާސީ ޕާޓީގެ ނަންވެސް އެއްވެސް ކެމްޕެއިނެއްގައި ބޭނުން ނުކުރުމަށް އެދޭކަމަށެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ ސަރުކާރަށް ވޯޓު ދިނުމަށް އެދޭ ކަމަށާއި ގައުމަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުވާނީ އޭރުން ކަމަށްވެސް ބުނެފައެވެ.