ޝަހީދާ އަބްދުﷲ ސައީދު
ނެދަލެންޑުން ރާއްޖެއަށް އެތެރެކުރި ތިން ޕާރުސަލެއްގައި ހުރި މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމުން މިއަދު ބުނީ މިމަހުގެ 11 ވަނަ ދުވަހު ކޮރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި ތިން ޕާރުސަލުގެ ތެރެއިން އެއް ޕާރުސަލުގައި އެކްސްޓަސީގެ 14 ގުރާމު ހުރި 50 ގުޅައާއި އެލްއެސްޑީ ކަމަށް ޝައްކުކުރެވޭ 10 ސްޓިކާ ފެނިފައިވާ ކަމަށެވެ.
އަދި ދެވަނަ ޕާރުސަލުގެ ތެރެއިން އެކްސްޓަސީގެ ދިހަ ގުރާމުގެ 21 ގުޅަ ފެނިފައިވާ ކަމަށާއި އަދި ތިންވަނަ ޕާރުސަލުގެ ތެރޭގައި އެކްސްޓަސީގެ 19 ގުރާމުގެ ތަކެތި ހުރި ކަމަށް ކަސްޓަމުން ބުނެފައިވެއެވެ.
ކަސްޓަމުން ބުނީ އެ ތިން ޕާރުސަލުގެ ތެރެއިން އަތުލައިގެން އެކްސްޓަސީގެ ޖުމްލަ 43 ގުރާމާއި އެލްއެސްޑީ ކަމަށް ޝައްްކުކުރެވޭ 10 ސްޓިކާ، މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.