ގއ. ވިލިނގިލީ ހަރުގެއަކުން ފެނުނު މީހާ އޮތީ މަރާލާފައި ކަމަށާއި ހަށިގަނޑުގައި ކަރަންޓު ޖައްސާފައި ހުރި ކަހަލަ ނިޝާންތަކެއް ހުރިކަމަށް އެ ރަށުގެ ބައެއް މީހުން މައުލޫމާތު ދީފި އެވެ.
"ވަން އޮންލައިން"އަށް ވެސް ވަނީ މަރުވެފައިވާ މީހާގެ ފޮޓޯ ލިބިފަ އެވެ.
އެ ފޮޓޯއިން ފެންނަ ގޮތުގައި ސިމާދުގެ ހަށިގަނޑުގެ އެކި ތަންތަނުގައި ކަރަންޓު ނުވަތަ އެފަދަ އެއްޗަކުން ޖައްސާފައި ހުރި ފަދަ ނިޝާންތަކެއް އެބަހުއްޓެވެ. އަދި ކަރުގަ އާއި ހަށިގަނޑުގެ ބައެއް ތަންތަނުގައި އޭނާ އައްސާފައި ނުވަތަ ބަނދެފައި ހުރުމުގެ ސަބަބުން ލިބުނު ޒަޚަމްތަކެއް ކަމަށް ހީވާ ޒަޚަމްތަކެއް ވެސް ފެންނާން ހުއްޓެވެ.
ސިމާދު މަރުވެފައި އޮއްވާ ސިމާދު ފެނުނު ހަރުގެއަކީ މީހުން ދިރިއުޅޭ ހިސާބާ ދުރުގައި ހުންނަ ހަރުގެއެކެވެ.
މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން ފިހިފައި ހުރި ނިޝާންތަކެއް ފާހަގަ ކުރެވިފައިވާ ކަމަށާއި އެ ޒަޚަމްތަަކަކީ ތޫނު އެއްޗަކުން ދީފައިވާ އަނިޔާތަކެއްގެ ސަބަބުން ވެފައިވާ ޒަޚަމްތަކެއް ކަމަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.