މަރުގެ މައްސަލަތައް

ޒަޚަމް ތަކަކާ އެކު، މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލީ ހަރުގެއެއްގެ ތެރެއިން ފެނިއްޖެ

ޒަޚަމް ތަކަކާ އެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލީ ހަރުގެއެއްގެ ތެރެއިން ފެނިއްޖެ އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މަރުވެފައި އޮތް މީހާ ވިލިނގިލީގައި ޕެޓްރޯލުކުރަމުން ދިޔަ ފުލުހުންނަށް ފެނިފައި ވަނީ މިއަދު ހެނދުނު 07:00އެހާއިރު އެވެ.

މަރުވެފައި އޮއްވާ ފެނިފައި ވަނީ 39 އަހަރުގެ ދިވެއްސެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

"ވަން އޮންލައިން"އަށް އެނގިފައިފާ ގޮތުގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ ވިލިނގިލީގައި ދިރިއުޅޭ އައްޑޫ މީހެކެވެ. އޭނާގެ ނަމަކީ ހުސެއިން ސިމާދު އެވެ.

ސިމާދުގެ 12 އަހަރުގެ ފިރިހެން ކުއްޖެއްވެސް ހުރެ އެވެ.