ބޮލީވުޑް

ސަލްމާންގެ ފަރާތުން މަންމަ ސަލްމާއަށް އެސްޔޫވީ ކާރެއް

ސަލްމާންޚާނަކީ މަންމާސް ބޯއިއެއްކަން އެއީ އެންމެނަށްވެސް އެނގޭ ހަގީގަތެކެވެ. ކިތަންމެ ބިޒީ ޝެޑިއުލެއްގައި އުޅުނަސް މަންމައާއެކު ވަގުތު ހޭދަ ކުރުމަށް ސަލްމާން އިސްކަންދެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން ވަނީ އޭނާގެ މަންމައަށް ލަކްޒަރީ ކާރެއް ހަދިޔާކޮށްފައެވެ. ސަލްމާންގެ މަންމަ ސަލްމާ ކާރެއް ބޭނުން ވެގެން އުޅޭކަން އެނގިގެން ހަދިޔާކޮށްފައިވަނީ އެންމެ އަގުބޮޑު ކާރު ތަކުގެތެރޭގައި ހިމެނޭ އެސްޔޫވީއެކެވެ.

ސަލްމާން މިވަނީ އަނެއްކާވެސް އޭނާގެ މަންމަ ދެކެ ލޯބިވާވަރު ހާމަކޮށްދީފައެވެ.

އެންމެ އަވަހަށް ސަލްމާން ފެންނާނީ އަލީ އައްބާސް ޒަފަރުގެ "ބާރަތް"އިންނެވެ. އެ ފިލްމުގައި ސަލްމާނާއެކު ފެނިގެން ދާނީ ކެޓްރީނާއެވެ.