އެމްއާރްއެމް

ބަޔަކު ބިރުން ނަން އަނބުރައި ނަގާތީ ހައިރާނެއް ނުވޭ، ގާނޫނުގެ ދިގު އަތް ފޯރާނެ: ނާދިރާ

ޝަހީދާ އަބްދުﷲ ސައީދު

3

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާފައި ތިބި ބަޔަކު ނަން އަނބުރާ ނަގާތީ ހައިރާން ނުވާ ކަމަށާއި ގާނޫނުގެ ދިގު އަތްފޯރާނެ ކަމަށް އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް'' (އެމްއާރުއެމް)ގެ އިސް ބޭފުޅެއް ކަމަށްވާ އާމިނަތު ނާދިރާ މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް މައުމޫންގެ ތާއީދާއެކު ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ނާދިރާ މިހެން ވިދާޅުވިއިރު ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީން މަޖިލީހަށް ވާދަކުރައްވަން ނިންމެވި ބައެއް ކެންޑިޑޭޓުން ވަނީ ނަން އަނބުރައި ގެންގޮސްފައެވެ.

އޭގެ ތެރޭގައި ޕްރައިމަރީއާ ނުލައި މަޖިލީހުގެ ޓިކެޓް ދިން ކެންޑިޑޭޓުންވެސް ހިމެނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟