އިލްހާމް އަހްމަދު

ޕީޕީއެމް ޕީއެންސީގެ ތާއީދާ އެކު އިލްހާމް އުނގޫފާރު ދާއިރާއަށް

1

ޕީޕީއެމް އަދި ޕީއެންސީގެ ތާއިދާ އެކު ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު، އިލްހާމް އަހުމަދު އުނގޫފާރު ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ދާދި ފަހުން ޖޭޕީއާ ގުޅިވަޑައިގެންނެވި އިލްހާމަށް އުނގޫފާރު ދާއިރާގައި ތާއީދުކުރަން ޕީޕީއެމް-ޕީއެންސީން ނިންމުމުން އެ ދާއިރާއަށް އެ ދެޕާޓީންކުރެ ޕާޓީއަކުން ކެންޑިޑޭޓުންނެއް ނުނެރޭނެ އެވެ.

ޕީޕީއެމް އާއި ޕީއެންސީ އަދި ޖޭޕީން ރައްޔިތުންގެ މަޖިލީހުގައި ގުޅިގެން މަސައްކަތްތަކެއް ކުރާން އެއްބަސްވެފައިވާ ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް އެއިން އެއްވެސް ފަރާތަކުން އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ. ހުރިހާ ޕާޓީއަކުން ވެސް ބުނެފައި ވަނީ އެފަދަ އެއްވެސް އެއްބަސްވުމެއް ނެތް ކަމަށެވެ.

އުނގޫފާރު ދާއިރާއަށް އިލްހާމަށް ޕީއެމް ޕީއެންސީން ތާއީދުކުރާ އިރު، އެ ދާއިރާއަށް އެމްޑީއޭ އިން ވެސް ކެންޑިޑޭޓެއް ނުނެރެ އެވެ. އެ ދާއިރާއަށް ކެމްޕޭން ކުރަމުން އައި އެމްޑީއޭގެ ޒުވާނުންގެ މަޖިލީހުގެ ރައީސް، އަހުމަދު ރީހާނަށް ވަނީ ޕާޓީން ދާއިރާތަކުގެ ޓިކެޓު ދޭން ކަނޑައެޅި ޝަރުތުތައް ހަމަނުވާތީ ޓިކެޓު ނުލިބިފަ އެވެ.

މިކަމާ ގުޅޭ ގޮތުން އިލްހާމްގެ ބަހެއް ހޯދަން ފޯނު ކުރުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ރަސްމީ ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟