ބޮލީވުޑް

ސޯނަމްގެ ނަމް ޒޯޔާ ސިންގް ސޮލަންކީއަށް ބަދަލުކޮށްފި

ކައިވެންޏަށްފަހު ސޯނަމް ކަޕޫރުގެ ނަން ސޯނަމް ކޭ އަހުޖާ އަށް ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން އަނެއްކާ ސޯނަމް މިވަނީ އޭނާގެ ނަން "ޒޯޔާ ސިންގް ސޮލަންކީ"އަށް ބަދަލު ކޮށްފައެވެ. ސޯނަމްގެ ނަން ބަދަލު ކުރުން ވީ ގިނަ ބަޔަކަށް ހައިރާން ކުރުވަނިވި ޚަބަރަކަށެވެ. ނަމަވެސް ނަން ބަދަލު ކުރި ސަބަބު މިހާރު ވަނީ ހާމަވެފައެވެ.

ސޯނަމްގެ ދެން އެންމެ އަވަހަށް ރިލީސްކުރާ ފިލްމު ކަމަށްވާ "ދަ ޒޯޔާ ފެކްޓާ"ގައި ސޯނަމްގެ ނަމަކީ "ޒޯޔާ ސިންގް ސޮލަންކީ" އެވެ. ފިލްމުގެ ޕްރޮމޯޝަންގެ ގޮތުން ސޯނަމްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ނަން ބަދަލުކުރީ އެވެ.

މި ފިލްމުގައި ލީޑް ރޯލުން ފެނިގެންދާ ބަތަލަކީ ދުލްގާރު ސަލްމާންއެވެ. ދުލްގާރް ވަނީ އޭނާގެ އިންސްޓަގްރާމުގައި ފިލްމުގެ ފަސްޓް ލުކް ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯގައި ސޯނަލް އަދި ދުލްގާރު ފެނިގެންދެއެވެ. 

ދަ ޒޯޔާ ފެކްޓާ އަކީ އަނުޖާ ޗޯހާންގެ އެންމެ ބެސްޓް ސެލިން ވާހަކަ ފޮތުގެ މައްޗަށް ހަދާ ފިލްމެކެވެ. އެވާހަކަ ފޮތަކީ ރާޖްޕުޓް އަންހެނުން ކުއްޖެއް ކަމަށްވާ ޒޯޔާ ސިންގް ސޮލަންކީ އިންޑިއާގެ ކްރިކެޓް ޓީމް އާ ދިމާވެ ވޯލްޑްކަޕް 2010 ގައި އެ ޓީމު މޮޅުވުމުގެ ލަކީ ޗާމް އަށް ވި ގޮތެވެ. ވާހަކައިގައި ކްރިކެޓް ޓީމުގެ ސްކިޕާ ކަމަށްވާ ނިކިލް ކޯޑާ އާ ޒޯޔާ ގުޅެއެވެ. ވާޙަކައިގައި ނިކިލް އަކީ "ލަކް" ގަބޫލު ކުރާމީހެއް ނޫނެވެ.

އަބީޝެކް ޝަރްމާ ޑައިރެކްޓް ކުރާ މި ފިލްމް ރިލީސް ކުރަނީ އޭޕްރިލް ފަހެއްގައެވެ.