އަކްޝޭ ކުމާރު އަދި ޓުވިންކަލް ކަންނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
މި ދެމަފިރިން ދަރިފުޅު ނިތާރާ އާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު ފޮޓޯ އަދި ވީޑިއޯތައް އަންނަނީ އިންސްޓަގްރާމުގައި ހިއްސާކުރަމުންނެވެ. ޑިސެމްބަރު 24 ގައި ރިލީސްކުރި އަކްޝޭގެ ''އަތުރަންގީ ރޭ''ގެ ލަވައަކާއެކު އަކްޝޭ ރާއްޖޭގެ ރިސޯޓެއްގެ ޖެޓީގައި ބައިސްކަލު ދުއްވަމުން އަންނަ ވީޑިއޯއެއް އޭނާ ވަނީ އިއްޔެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އަކްޝޭގެ އިތުރުން ޓްވިންކަލް ވެސް ވަނީ ޖެޓީގައި ހިނގާފައި އަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.
ހަބަރުތައް ބުނާގޮތުގައި އަކްޝޭ ރާއްޖެ އައިސްފައިވަނީ މި ފިލްމު ރިލީސްކުރި ދުވަސް ކަމަށްވާ ޑިސެމްބަރު 24 ގައެވެ. ފިލްމުގެ ލަވައެއް ކަމަށްވާ ''ރައިތު ޒަރަ ސީ'' އަކްޝޭއަށް މާ ކަމުގޮސްފައިވާއިރު ހަމަ އެ ލަވަ ޖަހައިގެން ރިސޯޓުގައި ހިނގަމުން އަންނަ މަންޒަރެއްވެސް ވަނީ މީގެ ތިން ދުވަސް ކުރިން އިންސްޓަގްރާމުގައި ވަނީ ހިއްސާކޮށްފައެވެ.
''އަތުރަންގީ ރޭ'' އަކީ އަކްޝޭ ކުމާރު، ސާރާ އަލީ ހާން އަދި ދަނުޝް ފެނިގެންދާ ފިލްމެކެވެ. މި ފިލްމުގެ ކުރިން އަކްޝޭ ވަނީ މިއަހަރު ރިލީސް ކުރި ސުޕަހިޓް ފިލްމު ''ސޫރްޔަަންޝީ'' އިން ފެނިގެން ގޮސްފައެވެ.
ކުރިއަށްވެސް އަކްޝޭގެ ގިނަ ފިލްމުތަކެއް ރިލީސްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި ''ޕްރިތުވިރާޖް' ''ރަކްޝާ ބަންދަން'' ރާމް ސޭތޫ'' ''ބައްޗަން ޕާންޑޭ'' އަދި ''އޯމައިގޯޑް 2'' ހިމެނެއެވެ.