މެޓާބޯ ބްރޭންޑްގެ ބާބެކިއު ގްރިލް އެއް ކޮންމެ ހަފްތައަކު ހިލޭ ލިބޭ ޕްރޮމޯޝަނެއް ވެލިގާ ހާޑްވެއާއިން ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.
ވެލިގާ ހާޑްވެއާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ ތިނެއްގައި ފެށި އެ ޕްރޮމޯޝަން މި މަހުގެ 23ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
ވެލިގާ ހާޑްވެއާރގެ ފޭސްބުކް ޕޭޖަށް ލައިކުކޮށް ނުވަތަ ވެލިގާ ހާޑްވެއާރގެ ޓްވިޓާ އެކައުންޓް ފޮލޯކުރުމަށް ފަހު ޕްރޮމޯޝަން އެންޓްރީ ފޯމް ފުރިހަމަ ކުރުމުން އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ ޕްރޮމޯޝަންގެ ދަށުން މިހާރު ވަނީ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔާ ހޮވާފައި ކަމަށް ވެލިގާ އިން ބުނެއެވެ. އެގޮތުން ފުރަތަމަ ހަފްތާގެ ނަސީބުވެރިޔަކީ އަހުމަދު ސަމީން އެވެ.
މެޓާބޯއަކީ ރާއްޖޭގައި ކުޑަދުވަސްކޮޅެއްގެ ތެރޭގައު މަގުބޫލުކަން ހޯދާފައިވާ ޖަރުމަނުވިލާތުގެ ބްރޭންޑެކެވެ. އެ ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި މަސައްކަތުގައި އާންމުކޮށް ގެންގުޅޭ ހުރިހާ ޕަވަރ ޓޫލްސް ހިމެނެއެވެ.
ވެލިގާ ހާޑްވެއާއަކީ ރާއްޖޭގައި 2008 ވަނަ އަހަރުން ފެށިގެން ހާޑްވެއާގެ ސާމާނު ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އެކުންފުނިން ވަނީ މިހާތަނަށް މާލެއާއި ހުޅުމާލޭގައި ޖުމްލަ ފަސް ފިހާރަ ހުޅުވާފައެވެ.