އިބްރާހިމް ޒަކީ
ހުސްވި އޮކްޓޫބަރު މަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކޮށް އދ.ބޮޑުކާށި ހުރާގައި ފޮރުވާފައި ހުއްޓާ ހޯދި 100 ކިލޯހުުންނަ ވަރުގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެމީހުންގެ މައްޗަށް ދައުވާކުރަން ކުރިިނަލް ކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށެވެ.
އެ މައްސަލައިގައި މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ތިން ދައުވާއެއް، އެމީހުންގެ މައްޗަށް ވަނީ ކޮށްފައެވެ. އޭގެ ތެެރެއިން ބައެެއް މީހުންގެ މައްޗަށް ދެ ދައުވާ ކޮށްފައިވެއެވެ.
ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސައިންގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ އިތުރުން ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާވެސް ވަނީ ކޮށްފައެވެ.
ފުލުހުންނާއި ކަމާބެހޭ އެހެން ފަރާތްތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތީގެ ތުހުމަތުގައި 10 މީހުން ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު 13 ވަނަ ދުވަހުއެވެ.