ޒޯޔާ އަޚްތަރު ވެގެން ގޮސްފައިވަނީ ބޮލީވުޑްގައި ވަރަށް ކާމިޔާބު އެއް ފިލްމު އުފައްދާ ފަރާތަށެވެ. ޒޯޔާގެ ހުރިހާ ފިލްމުތަކެއްވެސް ވަނީ އޯޑިއަންސް އިން ބަަލައިގަނެ ކްރިޓިކްސްގެ ފަރާތުން ރަނގަޅުވެފައެވެ. ހާއްސަކޮށް ފިލްމު ޒިންދަގީ ނާ މިލޭންގޭ ދޮބާރާ އަށް ވަނީ ބޮޑު މަގްބޫލު ކަމެއް ލިބިގެން ގޮސްފައެވެ،
އެންމެ ފަހުން ޒޯޔާ އުފެއްދި ފިލްމަކީ ލަކް ބައި ޗާންސްއެވެ. ރިތިކް ރޯޝަން އަދި ފަރްޙާން އަޚްތަރު ފެނިގެން ދިޔަ މި ފިލްމަށްފަހު ޒޯޔާ އަދިވެސް ރިތިކް އާއެކު ފިލްމެއްގައި މަސައްކަތް ކުރަން ބޭނުން ކަމަށް ވަނީ ބުނެފައެވެ. އަދި ޒިންދަގީ ނާ މިލޭންގޭ ދޮބާރާގެ ދެވަނަ ބައެއް އުފެއްދުމުގެ ވިސްނުން ގެންގުޅޭކަމަށްވެސް ވަނީ ބުނެފައެވެ.
ޒޯޔާ ބުނި ގޮތުގައި ފިލްމުގެ މަސައްކަތް އޭގެ ސްކްރިޕްޓް ލިޔެވުނީމާ ފަށަން ގަސްދުކުރާ ކަމަށާއި ފައިސާގެ ބަދަލުގައި އެ މަސައްކަތް ކުރަނީ ބެލުންތެރިންނަށް ކަމުދާ ރަނގަޅު ފިލްމެއް ގެނެސްދިނުމަށެވެ. ކެޓްރީނާ، ފަރްހާން، ކަލްކީ އަދި ރިތިކް އަކީ ޒޯޔާގެ ފޭވަރިޓް ތަރިންނެވެ. އޭނާގެ ކޮންމެ ފިލްމެއްގައިވެސް މި ތަރިންގެ ތެރެއިން އެކަކު ހިމަނާފައިވެއެވެ.
މިވަގުތު ރިތިކް ދަނީ ސުޕާ 30ގެ މަސައްކަތް ކުރަމުންނެވެ.