ބޮލީވުޑް

އަމިއްލަ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމު ޑައިރެކްޓް ކުރާނީވެސް ކަންގަނާ

މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ ނެރުނުތާ ހަފްތާއެއް ވެފައިވާއިރު ފިލްމުގެ ޑައިރެކްޝަނާ މެދު ވަނީ ބޮޑު ހަމަނުޖެހުމެއް އުފެދިފައެވެ.

ކަންގްނާ ބުނަނީ މަނިކަރްނިކާ ޑައިރެކްޓް ކުރުމުގައި އޭނާގެ ހިއްސާ ވާނެކަމަށެވެ. ނަމަވެސް ފިލްމުގެ ޑައިރެކްޓަރު އެކަމާ އެެއްބަހެއް ނުވެއެވެ.

ކޮންމެއަކަސް މަނިކަރްނިކާގެ މަސައްކަތުގައި ކަންގްނާއަށް ދަސްވި ހުނަރާއެކީ އޭނާ މިހާރު ތައްޔާރު ވަމުން އަންނަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ މައްޗަށް ފިލްމެއް ހެދުމަށެވެ.

ހަބަރުތައް ބުނާ ގޮތުގައި ކަންގްނާގެ ބައޯޕިކްގެ ވާހަކައިގެ މަސައްކަތް ކުރިއަށް ދާއިރު ފިލްމުގެ ޝޫޓިން މި އަހަރު ފަހުކޮޅު ފަށާނެއެވެ. އަދި އެ ފިލްމުގެ ޑައިރެކްޝަނުގެ ހުރިހާ ކަމެއް ވެސް ކުރާނީ ކަންގަނާ އަމިއްލައަށެވެ.