އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ހައްލު ކުރުން މަޖުބޫރުކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މަހުލޫފް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން އެސްއޯއެފްގެ އެކައުންޓުން މަހްލޫފްގެ އެކައުންޓަށް ޖަމާކުރި 33000 ޑޮލަރުގެ މައްސަލަ ބަލައި ވަކިގޮތެއް ނިމެންދެން ގޭގައި މަޑުކުރަން ރައީސް ސޯލިހު މިހާރު މަހުލޫފަށް އަންގަވާފައިވާ އިރު، މިކަމާ ގުޅިގެން ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކެއް މަހުލޫފަށް އިންޒާރުދީ، ބިރުދައްކާ އަދި މަލާމާތުގެ މެސެޖު ކުރަމުން އަންނަ ކަމަށް މަހުލޫފް ވަނީ މި ޓުވީޓުން ހާމަކޮށްފައެވެ.
އަދި މިފަދަ މެސެޖުތައް ލިބެމުން ދިއުމުން ޔަގީން ވަނީ މި މައްސަލަ ކޮންމެހެންވެސް ހައްލުކުރަން މަޖުބޫރުކަން ކަމަށާއި މިއީ ރައްޔިތުން އަދި ގޭންގު ތަކަށް ވެސް ރަނގަޅު ގޮތް ކަމަށް މަހުލޫފަ ވަނީ މި ޓުވީޓުގައި ވިދާޅުވެފައެވެ.
މަހުލޫފްގެ އިތުރުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވެސް ރައީސް ސޯލިހު ވަނީ މައްސަލަ ބަލައި ނިމެންދެން ގޭގައި މަޑުކުރުމަށް އަންގަވައިފައެވެ.