މިދިޔަ އަހަރު ހިނގައިދިޔަ މަގުބޫލު ކައިވެނި ތަކުގެ ތެރެއިން ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އަދި ނިކް ޖޯނާސްގެ ކައިވެނި ހިމެނިގެން ހިމެނެއެވެ.
ކައިވެންޏަށްފަހު އެ ދެތަރިންވެސް ވެގެން ގޮސްފައި ވަނީ ގިނަ ބަޔަކަށް ކަޕަލް ގޯލްސް ދެމުން އަންނަ ދެ ތަރީންނަށެެވެ. މަސައްކަތުގެ މާހައުލާއި އާއިލާ އާއި ރައްޓެހިންނަށް ވަގުތު ހުސްކުރަމުން ދެ ތަރިންވެސް އަންނަނީ އެކީގައި ގިނަ ވަގުތު ތަކެއް ހޭދަ ކުރަމުންނެވެ.
އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި ޕީސީ އާއި ނިކް އެކީގައި ފިލްމަކުން ފެނިގެން ދިއުން ވަރަށް ކައިރި އެވެ. މި ހަބަރު އެދެތަރިންގެ ފަރާތުން އަދި ރަސްމީކޮށް ބުނެފައި ނުވާއިރު ދޮގުކޮށްފައެއްވެސް ނުވެއެވެ.
ފަހުން ރިލީސްކުރި ޕީސީގެ ފިލްމު "އިޒިންޓް އިޓް ރޮމާންޓިކް"ގެ ޕްރިމިއާގައި އޭނާއަށް ވަނީ އެ ސުވާލުވެސް އަމާޒުވެފައެވެ. ސުވާލަށް އެއްބަސް ނުވެ ނަމަވެސް ދޮގު ނުކޮށް ޕީސީ ބުނި ގޮތުގައި ދެމަފިރިންނަކީވެސް ކްރިއޭޓިވް ދެމީހުންކަމުން ކުރިއަށް އޮތް ތާނގާ އެކީގައި އޮން ސްކްރީނުން ނުފެންނާނެއެކޭ ނުބުނެވޭނެއެވެ.
ނިކް އަދި ޕީސީގެ ފޭނުންވެސް އިންތިޒާރު ކުރަމުން އަންނަނީ އެދެމަފިރީން އޮން ސްކްރީނުން އެކީގައި ފެންނާނެ ވަގުތަކަށެވެ.
މީގެ އިތުރުން ޕީސީ ވަނީ އެހާ އަވަހަށް ދަރިއެއް ހޯދަން ނުވިސްނާ ކަމަށާއި އަދި އަމާޒު ހުރީ ކެރިއަރަށް ކަމަށްވެސް ބުނެފައެވެ. އަދި ވަގުތާއި ހާލަތު ތަންދިނުމުން ދަރިންވެސް ހޯދާނެ ކަމަށް ބުނެފައެވެ.