One Photos - IigEtH4ZnIvnoEScSTKLCzc0N.jpg
ހުޅުމާލޭ ހުޅަނގުފަރާތު ފަޅުތެރެޔަށް އަޅާފައިވާ ކުނިތަކެއް، ކަންނެލި ޖެޓީއާ ދިމާ އެއްގަމުތޮށި ކައިރިޔަށް ލައްގާފައި، މި ކުންޏަކީ މި ބަނދަރު ބޭނުންކުރާ މީހުން ފަޅުތެރެޔަށް އަޅާފައިވާ ކުނި، މޫދުތެރެޔަށް ކުނިތައް އުކައިލުމަކީ މި ފަޅު ބޭނުންކުރާ މީހުންގެ އާދައެއް --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ފޮޓޯއިން ތިޔަ ފެންނަނީ ރާއްޖޭގެ ރަށެއްގެ ކުނިގޮނޑެއް ނޫނެވެ. ނުވަތަ ކުނިބުނި އަޅަން ހާއްސަ ކޮށްފައި އޮތް ސަރަހައްދެއް ވެސް ނޫނެވެ. މިއީ ވަންގެ ފޮޓޯ ޖާނަލިސްޓް ޔޫސުފް ސޮފްވާން ނަގާފައިވާ ފޮޓޯތަކެކެވެ.

ފޮޓޯއިން ފެންނަނީ ރާއްޖޭގެ އެންމެ ތަރައްގީ ސިޓީގެ ފަޅުތެރެ އެވެ. އާދެ، ތިޔަ ފެންނަނީ ދިވެހިރާއްޖޭގެ ވެރިރަށް، މާލޭގެ އެއް އަވަށް ކަމުގައިވާ ހުޅުމާލޭގެ ހުޅަނގު ފަރާތު މޫދު ތެރެއެވެ. ކަންނެލި ޖެޓީ ސަރަހައްދެވެ. ފޮޓޯއިން ފެންނަނީ އެ ސަރަހައްދަށް ކައިރި ކުރި ކުޑަ ވަރެއްގެ ޑިންގީއެއް ކުންޏާއިގެން ސަލާމަތް ނުވެގެން އުޅޭ މަންޒަރެވެ. އެމީހުންނަށް ޑިންގީގެ އިންޖީނު އިސްޓާޓް ކުރެވެން އޮތީ ކުނިތަކުން ނެއްޓުނީމަ އެވެ. އިންޖީނުގައި ކުނިގަނޑެއް އޮޅި ގިޔަރު ހަލާކުވެދާނެތީއެވެ. އެހެންވެ ވަރަށް އުނދަގުލުން އެ ޖެހުނީ ކައިރީގައި އޮތް ދޯންޏެއްގެ މަތިކަންމަތީގައި ހިފައިގެން މަޑުމަޑުން ފުރަތަމަ ބޭރަށް ޑިންގީ ނެރި ކުނިތަކުން ފެޔަށް ޖައްސާށެވެ.

One Photos - btHAuS3EKKwvOF4vSDaH0lVXY.jpg
ހުޅުމާލޭ ހުޅަނގުފަރާތު ފަޅުތެރެޔަށް އަޅާފައިވާ ކުނިތަކެއް، ކަންނެލި ޖެޓީއާ ދިމާ އެއްގަމުތޮށި ކައިރިޔަށް ލައްގާފައި، މި ކުންޏަކީ މި ބަނދަރު ބޭނުންކުރާ މީހުން ފަޅުތެރެޔަށް އަޅާފައިވާ ކުނި، މޫދުތެރެޔަށް ކުނިތައް އުކައިލުމަކީ މި ފަޅު ބޭނުންކުރާ މީހުންގެ އާދައެއް --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
One Photos - oFIZ0RCnetbRjvD0InAouNDI0.jpg
ހުޅުމާލޭ ހުޅަނގުފަރާތު ފަޅުތެރެޔަށް އަޅާފައިވާ ކުނިތަކެއް، ކަންނެލި ޖެޓީއާ ދިމާ އެއްގަމުތޮށި ކައިރިޔަށް ލައްގާފައި، މި ކުންޏަކީ މި ބަނދަރު ބޭނުންކުރާ މީހުން ފަޅުތެރެޔަށް އަޅާފައިވާ ކުނި، މޫދުތެރެޔަށް ކުނިތައް އުކައިލުމަކީ މި ފަޅު ބޭނުންކުރާ މީހުންގެ އާދައެއް --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ތިޔަ ފެންނަ ކުނީގެ ތެރެއިން މެޖޯރިޓީ ކުންޏަކީ ހުޅުމާލޭ ފަޅުގައި އަޅާފައި ހުންނަ ސަފާރީތަކާއި އެނޫންވެސް އުޅަނދުފަހަރުން އުކާފައިވާ ކުންޏެވެ. މީގެ ތެރޭގައި އެންމެ ގިނައިން ހިމެނޭނީ ސަފާރީ ތަކެވެ. ކޮންމެ ސަފާރީއެއްގައި ޑައިވިން ދޯނި ފަހަރާއި ޑައިވިން އިންސްޓްރަކްޓަރުން ވެސް ތިބެ އެވެ. ސްނޯކްލިން ދަތުރުތައް ކުރާ އުޅަނދުފަހަރާއި ފަތުރުވެރީން ގޮވައިގެން މަސްދަތުރު ތަކާއި ޕިކްނިކް ދަތުރުކޮށްދޭ އުޅަނދުތައް ވެސް މި ސަރައްދުގައި މަދެއް ނޫނެވެ. ހަމަ އެހެންމެ ކަންނެލި ދޯނިފަހަރާއި ކަނޑުމަހަށް ދުއްވާ ދޯނި ފަހަރުވެސް ގިނަ އެވެ.

ފެންނާން ތިހުރި ކުންޏަކީ މި ބުނި އުޅަނދުތަކުގައި އުޅޭ ކެޕްޓަނުންނާއި ފަޅުވެރީންނާއި އެ އުޅަނދުފަހަރުން ދަތުރުކުރާ މީހުންގެ ގޮތެއްފޮތެއް ނެތް ކަމުގެ ނަތީޖާ އެވެ. މި ކުނިތައް ހުޅަނގު ފަރާތު ފަޅުގެ އެކި ސަރަހައްދު ތަކަށް އޮޔާއި ވަޔާއެކު ދަމަދަމައި ހުންނަ އިރު، އެ ހިސާބު ފަޅުގެ އެކި ސަރަހައްދުގެ ތޮށި މައްޗަށް ހިތް އުފާކޮށްލުމަށް ނުކުންނަ ފަތުރުވެރީން ގިނަކަން ފާހަގަކޮށްލާން ޖެހެ އެވެ.

One Photos - tUGva5ik0jA42K8SlH29l7Efh.jpg
ހުޅުމާލޭ ހުޅަނގުފަރާތު ފަޅުތެރެޔަށް އަޅާފައިވާ ކުނިތަކެއް، ކަންނެލި ޖެޓީއާ ދިމާ އެއްގަމުތޮށި ކައިރިޔަށް ލައްގާފައި، މި ކުންޏަކީ މި ބަނދަރު ބޭނުންކުރާ މީހުން ފަޅުތެރެޔަށް އަޅާފައިވާ ކުނި، މޫދުތެރެޔަށް ކުނިތައް އުކައިލުމަކީ މި ފަޅު ބޭނުންކުރާ މީހުންގެ އާދައެއް --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
One Photos - SreShk0Y5U49JwFUTFDpnKbL6.jpg
ހުޅުމާލޭ ހުޅަނގުފަރާތު ފަޅުތެރެޔަށް އަޅާފައިވާ ކުނިތަކެއް، ކަންނެލި ޖެޓީއާ ދިމާ އެއްގަމުތޮށި ކައިރިޔަށް ލައްގާފައި، މި ކުންޏަކީ މި ބަނދަރު ބޭނުންކުރާ މީހުން ފަޅުތެރެޔަށް އަޅާފައިވާ ކުނި، މޫދުތެރެޔަށް ކުނިތައް އުކައިލުމަކީ މި ފަޅު ބޭނުންކުރާ މީހުންގެ އާދައެއް --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ސްނޯކްލިން އަށް ފަތުރުވެރީން ގޮސް ކުރާ ކުނީގެ ޝަކުވާ އާއި ޑައިވިން އަށް ދާ ފަތުރުވެރީންގެ ކަންބޮޑުވުންތަކުގެ ވާހަކަތައް ހަރު އަޑުން ގޮވައި ހަދަނީ މި ޫއުޅަނދުފަހަރުގައި އުޅޭ މީހުންނެވެ. މޫދަށް ކުނި އެޅުމުން، އޭގެން ބައެއް ކުނި އަޑިޔަށް ގޮސް ފަރުތަކާއި ފަޅުތަކަށް ގެއްލުންވެ އެންވެރިކަމަށް އަސަރު ކުރާ ވާހަކަ އާއި ކަނޑުފަޅުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާ ވާހަކަ ދައްކަނީ މި އޮޑިދޯނި ފަހަރުގައި އުޅޭ މީހުންނެވެ. "ޗާލު ދިވެހިރާއްޖެ"އޭ ދުނިޔެ މަތީގައި އޮތް "ރީތީގެ ސުވަރުގެ"އޭ ކިޔައި މޭގައި އަތް ޖަހައި ފަހުރުވެރިވަނީ ވެސް ހަމަ މި ދިވެހީންނެވެ.

ކަލޭމެން "މި ކުނި މޫދަށް އަޅާ މީހުން" އަޅެއް ލަދެއް ނުގަނޭ ހެއްޔެވެ؟ މި ރީތި މޫދަކީ ކަލޭމެން ކުނި އުކާން އޮތް ތަނެއް ހެއްޔެވެ؟ މިއީ ކަލޭމެންގެ ކުނިގޮނޑު ހެއްޔެވެ؟ ހަޔާތުގެ ކަންފުޅެއްވެސް ނެތީހެއްޔެވެ؟

ހެޔޮ ނުވާނެ އެވެ. ކިތަންމެ ކުޑަ އެއްޗެއްވެސް އަހަރެމެންގެ މި ރީތި މޫދަށް، މިރީތި ގޮނޑުދޮށްތަކަށް އަދި އެނޫން ވެސް ތަނަކަށް އެއްލައި ނުލާށެވެ! ކުނިބުނި ނައްތައިލާން އޮންނަ ރައްކާތެރި ގޮތުގައި އެކަން ކޮށްދެއްވާށެވެ. އެއިރުން ތިބާއަށް އަށް ވެސް އަހަރެމެން އެންމެނަށް ވެސް އަންނާން އޮތް ޖީލަށް ވެސް އަގު ނުކުރެވޭނޭ ފަދަ ހެޔޮ ފައިދާ ކުރާނެ އެވެ.

One Photos - tJQdsoqLUhHbvWDtyNuauBZbK.jpg
ހުޅުމާލޭ ހުޅަނގުފަރާތު ފަޅުތެރެޔަށް އަޅާފައިވާ ކުނިތަކެއް، ކަންނެލި ޖެޓީއާ ދިމާ އެއްގަމުތޮށި ކައިރިޔަށް ލައްގާފައި، މި ކުންޏަކީ މި ބަނދަރު ބޭނުންކުރާ މީހުން ފަޅުތެރެޔަށް އަޅާފައިވާ ކުނި، މޫދުތެރެޔަށް ކުނިތައް އުކައިލުމަކީ މި ފަޅު ބޭނުންކުރާ މީހުންގެ އާދައެއް --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
One Photos - nYlHpnFZCasAw8OxKJNSoSPh2.jpg
ހުޅުމާލޭ ހުޅަނގުފަރާތު ފަޅުތެރެޔަށް އަޅާފައިވާ ކުނިތަކެއް، ކަންނެލި ޖެޓީއާ ދިމާ އެއްގަމުތޮށި ކައިރިޔަށް ލައްގާފައި، މި ކުންޏަކީ މި ބަނދަރު ބޭނުންކުރާ މީހުން ފަޅުތެރެޔަށް އަޅާފައިވާ ކުނި، މޫދުތެރެޔަށް ކުނިތައް އުކައިލުމަކީ މި ފަޅު ބޭނުންކުރާ މީހުންގެ އާދައެއް --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން
One Photos - ROiCG6dGuedQ9hLkyZxQ54P7u.jpg