ވިޔަފާރި

"ގޯލްޑް 100"ގެ ގޯލްޑް ޕާޓްނަރަކަށް އެމް7

އަހުމަދު ޖައިޝަން

މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ދޭ "ގޯލްޑް 100" އެވޯޑުގެ ގޯލްޑް ޕާރޓްނަރަކަށް "އެމް7" ޕްރިންޓް ހަމަޖައްސައިފި އެވެ.

ރާއްޖޭގެ މަޝްހޫރު ޕްރިންޓް ކުންފުނި، އެމް7 ގޯލްޑް ޕާޓްނަރަކަށް ހަމަޖެއްސިއިރު މިއީ އެކުންފުނި ގޯލްޑް ޕާޓްނަރަކަށް ހަމަޖެއްސި ތިން ވަނަ އަހަރެވެ.

އެމް7 އަކީ ރާއްޖޭގެ މަގުބޫލު ޕްރިންޓިން ކުންފުންޏެކެވެ. ޕްރިންޓިންގެ އިތުރުން ތިމާވެއްޓާ އެކުވެރި ކަރުދާސް ކޮތަޅު އުފެއްދުމުގެ މަސައްކަތްވެސް އެކުންފުނިން ކުރެއެވެ.

އެ އެވޯޑްގެ ގޯލްޑް ޕާޓްނަރަކަށް އެމް7 ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރެވެ. އަދި މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރެވެ.

"ގޯލްޑް 100" އެވޯޑަކީ ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

ގޯލްޑް 100ގެ ގޯލްޑް ޕާޓްނަރުންގެ ގޮތުގައި މީގެ ކުރިން ވަނީ ދަ ހޯކްސް އާއި އުރީދޫ މޯލްޑިވްސް އަދި އަލް ޝާރީ މެރީން ހަމަޖައްސާފައެވެ.

އެ އިވެންޓުގެ ޕްލެޓިނަމް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.