އަލީ ޔާމިން
ޕާސަނަލް ކޮމްޕިއުޓާސްއިން ގަންނަ ކޮންމެ ދެ އައިޓަމަކަށް 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އިއްޔެ ފެށި މި ޕްރޮމޯޝަން މިއަހަރުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
ޕާސަނަލް ކޮމްޕިއުޓާސްގެ ބިޒްނަސް ޑިވެލޮޕްމަންޓް، އިނާޝް އަލީ އިޝްހާގް "ވަން" އަށް ވިދާޅުވީ، އެ ޕްރޮމޯޝަނާއެކު ޕާސަނަލް ކޮމްޕިއުޓާސްއިން ގަންނަ ކޮންމެ ދެ އައިޓަމަކަށް 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި، ޑިސްކައުންޓުގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅާނީ ގަންނަ ތަކެތީގެ އަގަށް ބެލުމަށް ފަހު ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ އައިޓަމަކުން ކިތަންމެ ކުޑަ އައިޓަމެއް ވިޔަސް ޑިސްކައުންޓް ލިބޭނެ. މި ޕްރޮމޯޝަން އެލިޖިބަލް މިވަނީ ދެ އައިޓަމް ނުވަތަ އެއަށްވުރެ ގިނަ އައިޓަމް ގަންނަ ކަސްޓަމަރުންނަށް،" އިނާޝް ވިދާޅުވިއެވެ.
ޕާސަނަލް ކޮމްޕިއުޓާސްއަކީ ރާއްޖޭގައި ލެޕްޓޮޕާއި ކޮމްޕިއުޓަރު ވިއްކުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ވިޔަފާރިއެކެވެ. ޕާސަނަލް ކޮމްޕިއުޓާސްއަކީ ދުނިޔޭގެ އެންމެ މަގުބޫލު ކޮމްޕިއުޓާ ބްރޭންޑް، ލެނޯވޯގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.