އަނޫރާގް ސިންގް ޑައިރެކްޓް ކުރާ ފިލްމު ކޭސަރީގެ ޓްރެއިލާ ފެބްރުއަރީ 21ގައި ނެރުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ ތިންވަނަ ޓީޒާއެއް އިއްޔެ ވަނީ ރިލީސްކޮށްފައެވެ.
އަކްޝޭ ކުމާރާއި ޕަރިނިތީ ޗޯޕްރާ ލީޑްރޯލުން ފެނިގެންދާ އެފިލްމަކީ 1897ގައި ކުރިއަށް ދިޔަ ހަނގުރާމައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.
މީގެ ކުރިން ފިލްމުގެ ދެ ޓީޒާއެއް ރިލީސްކޮށްފައިވާއިރު ތިން ވަނަ ޓީޒާއަކީވެސް ހަމަ އެހާ ޝައުގުވެރި ޓީޒާއަކަށް ވަނީ ވެގެން ގޮސްފައެވެ.
ފިލްމު އުފައްދާފައިވާ ހަނގުރާމަ، ބެޓަލް އޮފް ސަރަގަރްހީ އަކީ ތާރީހީ ގޮތުން ބަލާއިރުވެސް އިންޑިއާގައި ކުރެވުނު އެންމެ ބޮޑު އެއް ހަނގުރާމައެވެ. މި ހަނގުރާމައިގައި 1000 އަފްގާން ސިފައިންނާއި 21 ސިކުން ބައިވެރިވިއެވެ.
ކޭސަރީ ރިލީސް ކުރަން ހަމަޖެހިފައިވަނީ 21 މާރޗްގައެވެ.