މިދިޔަ އަހަރު ބޮލީވުޑަށް ލިބުނު ހައިރާން ކުރުވަނި އެއް ހަބަރަކަށްވީ ޓިއުމަރެއްގެ ބައްޔަކަށް ބަތަލު އިރުފާން ބޭސްކުރަންފަށާފައިވާ ހަބަރެެވެ.
މަރުމަތީގައި މި ބައްޔަށް ލަންޑަނުގައި ފަރުވާ ހޯދަމުން އަންނަ އިރުފާނު ވަނީ ބަލި ރަނގަޅުވަމުން އަންނަކަން ފޭނުންނާ ހިއްސާކޮށްފައެވެ. އިރުފާނު މިހާރު މުމްބާއީއަށް ބަދަލުވެފައިވާއިރު ޓްރީޓްމަންޓް ވެސް އަންނަނީ ނަގަމުންނެވެ. މީގެ އިތުރުން ރިޕޯޓުތައް ބުނާގޮތުގައި ވަރަށް އަވަހަށް އިރުފާނު އޭނާ ކުޅެފައިވާ މަގުބޫލު ފިލްމު ހިންދީ މީޑިއަމްގެ ދެވަނަ ބައިގެ ޝޫޓިން ފަށާނެއެވެ.
ފިލްމުގެ ޝޫޓިން ފެބްރުއަރީ 22ގައި ފަށާގޮތަށް ހަމަޖައްސައިފައި ވާއިރު ބަތަލާގެ ނަން އަދި ހާމަވެފައެއް ނުވެއެވެ.
ހިންދީ މީޑިއަމް އަކީ އިންޑިއާގައި ކިޔެވުމުގެ ހައްގުތަކަށް އަހުލުވެރިކުރުމަށް ހަދާފައިވާ ފިލްމެކެވެ.