ހައުސިން މިނިސްޓްރީ

ނުވަ ރަށަކުން ގޯތި ދޫކުރުމުގެ މަސައްކަތް ކައުންސިލުތަކާ ހަވާލުކޮށްފި

2

ނުވަ ރަށަކުން ގޯތި ދޫކުރުމަށް ކުރީގެ ސަރުކާރުން، ހައުސިން މިނިސްޓްރީން ކުރި އިއުލާންތައް ބާތިލްކޮށް، ގޯތި ދޫކުރުން ކައުންސިލްތަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކުރި އިއުލާނެއްގައި ބުނީ އައްޑޫ ސިޓީ، ހދ. ކުޅުދުއްފުށި، ދ. މީދޫ، ކ. މާފުށި، ލ. ގަން، ގދ. ތިނަދޫ، ކ. ތުލުސްދޫ، ކ. ހިންމަފުށި، ހދ. ހަނިމާދޫން ގޯތި ދޫކުރުމަށް ކުރި އިއުލާން ބާތިލުކޮށް، އެމަސައްކަތް މިހާރު ރަށު ކައުންސިލުތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި އެމަސައްކަތަކީ ރަށްރަށުގެ ކައުންސިލުން ކުރަންޖެހޭ މަސައްކަތަކަށްވާތީ، ގޯތި ދޫކުރުމުގެ އެންމެހާ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލުން ކަމަށް ބުނެފައި ވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފަހުކޮޅު، ބައެއް ރަށްރަށުން ގޯތި ދޫކުރުމަށް ނިންމާފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟