އިންޑިއާ

ރާއްޖެއާއި އިންޑިއާގެ އަންހެނުންގެ ސަގާފަތް ދައްކުވައިދޭ ހަރަކާތެއްގައި ފަސްޓްލޭޑީ ފަޒްނާ ބައިވެރިވެވަޑައިގެންފި

ރާއްޖެއާއި އިންޑިއާގެ އަންހެނުންގެ ސަގާފަތް ދައްކުވައިދޭ ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހްމަދު އިއްޔެ ބައިވެރިވެވަޑައިގެންފިއެވެ.

މިހަރަކާތް ބޭއްވީ ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރ ސެންޓަރުގައެވެ.

މި ރަސްމިއްޔާތުގައި ދެ ގައުމުގައި އަންހެނުންނަށް ހާއްސަ ސަގާފީ އެކިއެކި ހަރަކާތްތައް ވަނީ ދައްކާލާފައެވެ. އޭގެތެރޭގައި ދެގައުމުގައި ސަގާފީ ކައިވެނީގެ ހަފުލާތައް ހިނގަމުންދާ ގޮތްވެސް ދައްކާލާފައިވެއެވެ.