ޚިޔާނާތް

ކާކުކަން ނޭނގި، ކޮރަޕްޝަނާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ ޕޯޓަލް ލޯންޗުކޮށްފި

އަހުމަދު ޖައިޝަން

ކޮރަޕްޝަންގެ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭނެ ޕޯޓަލްއެއް ސަރުކާރުން މިއަދު ލޯންޗުކޮށްފި އެވެ. އެ ޕޯޓަލް ލޯންޗްކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިންގެ ދަށުން އެ ޕޯޓަލް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ދައުލަތުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ޕޯޓަލް އަކީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ގްލޯބަލް ލީކްސްއިން އުފައްދާފައިވާ ވިސްލްބްލޯވިން ސޮފްޓްވެއާއެކެވެ. އެ ޕޯޓަލްއަށް މައްސަލަ ހުށަހަޅާ ފަރާތަކީ ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ހުށަހެޅޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މައްސަލައެއް ހުށަހަޅާފައިވާނަމަ އެ މައްސަލަ ކުރިއަށްދާގޮތުގެ މައުލޫމާތުވެސް އެ ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ.