މަހިންދާ ރާޖަޕަކްސަ ކަޕް

ބަންގުލަދޭޝް 2-1 ރާއްޖެ

14 Nov 03:36

މެޗުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ރާއްޖެއިން ޕާސްތައް ގިނަކޮށް ފެނުނު
  • އެހެން ނަމަވެސް ލީޑު ނެގީ ބަންގުލަދޭޝްއިން
  • ދުރު އެއްލުމުން ބަންގުލަދޭޝްއަށް ލީޑު ނަގައިދިނީ އެޓީމުގެ ކެޕްޓަން ޖަމާލް
  • އެ ގޯލަށްފަހު ރާއްޖެއިން ކުޅުން ރަނގަޅުކުރި، ޕާސްތައް ގިނަކޮށް އެޓޭކް ކުރަން ފެށި
  • ނަތީޖާއެއްގެ ގޮތުން ދަގަނޑޭގެ ކޯނަރުގެ އެހީގައި އުމައިރު ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިން
  • މިއަދުގެ މެޗަށްވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި
  • ދެވަނަ ހާފަށް ނުކުމެވެސް ރާއްޖެ ކުރިއަށް ޖެހި ކުޅުނު އިރު ބަންގުލަދޭޝްއިން ޑިފެންސް ކުރި
  • ރާއްޖެއަށް މެޗުގައި ހަމަލާތައް އުފައްދަން އުނދަގޫވި، ރާއްޖޭގެ ފަރާތުން ރަނގަޅު ހަމަލާއެއް ނުފެނޭ
  • މެޗުން ބަންގުލަދޭޝް މޮޅުވީ ކައުންޓާގައި ނުރައްކާކޮށް ހޯދި ޕެނަލްޓީއަކުން
  • ރާއްޖޭގެ ގޯލްކީޕަރު ނާޖިހު ބަންގުލަދޭޝްގެ ޖުވެލް ރަނާ ކުރި ފައުލަށް ރެފްރީ ވަނީ ޕެނަލްޓީ ދީފައި
  • ބަންގުލަދޭޝްގެ ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ޓޯޕޫ ބާމަން
  • މިއީ 18 އަހަރަށްފަހު ބަންގުލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރު
14 Nov 03:23

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ބަންގުލަދޭޝް ކުރީގައި އޮވެގެން. މިއީ ރާއްޖެއަށް ލަދުވެތި ނަތީޖާއެއް. ބަންގުލަދޭޝް އަތުން ރާއްޖެ ބަލިވެފައި މިވަނީ 18 އަހަރަށް ފަހު.

14 Nov 03:22

'+90 - ރާއްޖޭގެ ހަމަލާއެއް. އަކޫ ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ސަމުއްޓޭ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާންގެ އަތަށް.

14 Nov 03:16

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

14 Nov 03:14

'88 - ބަންގުލަދޭޝް އިން އަލުން ލީޑު ހޯދައިފި. ބަންގުލަދޭޝަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޓޯޕޫ ބަރްމަން.

14 Nov 03:13

'86 - ބަންގުލަދޭޝަށް ޕެނަލްޓީއެއް. އެ ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން ޖުވެލް ރަނާއަށް ރާއްޖޭގެ ކީޕަރު ނާޖިހު ކުރި ފައުލަކާ ގުޅިގެން. ބަންގުލަދޭޝަށް އެ ކައުންޓާ އެޓޭކަށް ފުރުސަތު ލިބުނީ ރާއްޖޭގެ ކެޕްޓަން އަކޫ އަތުން ބޯޅަ ގެއްލުމާއެކު ލިބުނު ބޯޅައިން.

14 Nov 03:04

'77 - ފާހިމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރާއްޖޭގެ ގޯލުގެ ތެރެއަށް މަހްބުބުރް ރަހުމާން ބޯޅަ ފޮނުވާލި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.

14 Nov 03:03

'76 - ރާއްޖެއިން އިތުރު ދެ ބަދަލު. ނިހާޓުގެ ބަދަލުގައި ކުޅެން ނުކުތީ އިސްމާއިލް އީސާ (މެސީ). އަދި ފޭދޫ އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ ހަމްޒާ މުހައްމަދު (ހަމްޕު).

14 Nov 03:00

'74 - ބަންގުލަދޭޝް އިން ދެ ބަދަލެއް. ސުމަން ރެޒާގެ ބަދަލުގައި ކުޅެން ނުކުތީ މަހްބުބުރް ރަހުމާން. އަދި ރާކިބް ހުސައިންގެ ބަދަލުގައި ކުޅެން ނުކުތީ ޖުވެލް ރަނާ.

14 Nov 02:53

'66 - ބަންގުލަދޭޝަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ފައިސަލް އަހުމަދު ފާހިމް ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް. އޭނާގެ ހަމަލާގައި ބާރެއް ވެސް ނެތް.

14 Nov 02:51
14 Nov 02:50

މި ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް އަދި ތަނަވަސްކުރެވިފައެއް ނުވޭ. ބަންގުލަދޭޝް އިން ކުޅެމުންދަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން.

14 Nov 02:48
14 Nov 02:45

'58 - ރާއްޖެއިން އިތުރު ބަދަލެއް. އުމައިރުގެ ބަދަލުގައި ކުޅެން ނުކުތީ އަޝްއަދު އަލީ (އަޑުބަރޭ).

14 Nov 02:38

'51 - ރާއްޖެއިން ބަދަލެއް. ހައިޝަމްގެ ބަދަލުގައި ކުޅެން ނުކުތީ އަހުމަދު ނޫމާން (ހެލްމެޓް)/ ހައިޝަމްއަކީ ފުލް ބެކެއް. އަދި ހެލްމެޓަކީ ސެންޓާ ބެކެއް.

14 Nov 02:36

'50 - ޕެނަލްޓީ އޭރިއާ ތެރެއިން ސެންޓޭއަށް ރަނގަޅު ބޯޅައެއް ލިބުނު ނަމަވެސް، އޭނާ ހަމަލާއެއް ފޮނުވައިލުމުގެ ކުރިން ބަންގުލަދޭޝްގެ ޑިފެންޑަރުން ދިފާއުކޮށްފި.

14 Nov 02:32

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ބަންގުލަދޭޝް އިން.

14 Nov 02:18

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗުގެ ކުރީކޮޅުގައި ރާއްޖެއިން ޕާސްތައް ގިނަކޮށް ފެނުނު
  • އެހެން ނަމަވެސް ލީޑު ނެގީ ބަންގުލަދޭޝްއިން
  • ދުރު އެއްލުމުން ބަންގުލަދޭޝްއަށް ލީޑު ނަގައިދިނީ އެޓީމުގެ ކެޕްޓަން ޖަމާލް
  • އެ ގޯލަށްފަހު ރާއްޖެއިން ކުޅުން ރަނގަޅުކުރި، ޕާސްތައް ގިނަކޮށް އެޓޭކް ކުރަން ފެށި
  • ނަތީޖާއެއްގެ ގޮތުން ދަގަނޑޭގެ ކޯނަރުގެ އެހީގައި އުމައިރު ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްދިން
  • މިއަދުގެ މެޗަށްވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި
14 Nov 02:17

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމުން އެއްވަރުވެގެން.

14 Nov 02:16

'45 - ބަންގުލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭއަށް ރަނގަޅު ބޯޅައެއް ލިބުނު ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.

14 Nov 02:14

ރާއްޖެއިން އަދިވެސް ފެންނަނީ ވަރަށް އެޓޭކިން ކުޅުމެއް. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރުމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައި.

14 Nov 02:09

'39 - ޕެނަލްޓީ އޭރިއާ ބޭރުން ފޭދޫ އިއްބެ ފޮނުވާލި ހަމަލާގައި ބާރެއް ނެތް. ބަންގުލަދޭޝްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

14 Nov 02:09

'38 - ދަގަނޑޭ ދިން ރީތި ބޯޅައެއް ސެންޓޭ ހޯދި ނަމަވެސް، އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި.

14 Nov 02:06

'35 - ނިހާޓަށް ކުރި ފައުލަކާ ގުޅިގެން ބަންގުލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާނަށް ރީނދޫ ކާޑެއް.

14 Nov 02:03

'33 - ރާއްޖެއިން ނަތީޖާ ހަމަަހަމަކޮށްފި. ދަގަނޑޭ ނަގައިދިން ކޯނަރު ޕެނަލްޓީ އޭރިއާ ތެރެއިން އަކޫ ޖައްސާލުމާއެކު، ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އުމައިރު. މިއީ ރާއްޖެއިން ބަންގުލަދޭޝްގެ ގޯލަށް ފޮނުވާލި ފުރަތަމަ ހަމަލާ.

14 Nov 02:01

ރާއްޖޭގެ އެޓޭކު މިހާރު ވަރުގަދަ. ނަމަވެސް އަދިވެސް ބަންގުލަދޭޝްގެ ގޯލަށް ހަމަލާއެއް ފޮނުވައިލެވިފައެއް ނުވޭ. މެޗުގެ 30 މިނެޓު ނިމިގެންދިޔައީ ރާއްޖެއަށް ބަންގުލަދޭޝްގެ ގޯލަށް އެއްވެސް ހަމަލާއެއް ފޮނުވައިނުލެވި.

14 Nov 01:59

'29 - ރާއްޖެއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ނިހާޓަށް ރަނގަޅު ބޯޅައެއް ލިބުނު ނަމަވެސް، ލަސްކުރުމުގެ ސަބަބުން މުހައްމަދު އިބްރާހިމް ވަނީ ދިފާއުކޮށްފައި. ނިހާޓަށް ވަނީ ހަމަލާއެއް ފޮނުވައިލުމަށް ވަގުތު ލިބިފައި.

14 Nov 01:58

'27 - ފޭދޫ އިއްބެ ނަގައިދިން ހުރަސް، ނުރައްކާވުމުގެ ކުރިން ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ދިފާއުކޮށްފި.

14 Nov 01:54

'24 - ޖަމާލް ބުޔާން ނަގައިދިން ހިލޭ ޖެހުން ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ރާއްޖޭގެ ޑިފެންޑަރު ބިޑި، އެ ބޯޅަ ދިފާއުކޮށްފި.

14 Nov 01:49

'19 - ކުރޯ ނަގައިދިން ހުރަސް، ބަންގުލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭއަށް ރަނގަޅަށް ފޮނުވައެއް ނުލެވުނު.

14 Nov 01:46

މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ރާއްޖެއަށް އެންމެ އެދެވޭ ކުޅުން ދެއްކިފައެއް ނުވޭ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާކޮށްފައިވަނީ ބަންގުލަދޭޝް އިން. ރާއްޖެއަށް ބަންގުލަދޭޝްގެ ގޯލަށް އަދި ހަމަލާއެއް ފޮނުވައިލެވިފައެއް ނުވޭ.

14 Nov 01:44

'11 - ބަންގުލަދޭޝް އިން ލީޑު ހޯދައިފި. ރަހުމަތު މިއާގެ ދުރު އެއްލުމުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ބަންގުލަދޭޝްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ޖަމާލް ބުޔާން. އޮފްސައިޑެއް ކަމަށް ފުރަތަމަ ދެއްކި ނަމަވެސް، ފަހުން ލައިންސްމަނާ ވާހަކަދެއްކުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފައި. ފަހުން ނިންމީ އެ ބޯޅަ ޖަމާލް ބުޔާންއަށް ލިބުނީ ރާއްޖޭގެ ޑިފެންޑަރެއްގެ ބޮލުގައި ޖެހިފައި ކަމަށް.

14 Nov 01:39

ބަންގުލަދޭޝް އިން މަސައްކަތްކުރަނީ ރާކިބް ހުސައިނަށް ބޯޅަތައް ދީގެން ރާއްޖޭގެ ގޯލަށް ނުރައްކާކުރަން.

14 Nov 01:38

'7 - ބޯޅަ ހިފަހައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ރާކިބް ހުސައިން ނުރައްކާކުރުމުގެ ކުރިން ރާއްޖޭގެ ޑިފެންޑަރު ސަމުއްޓޭ، އެ ބޯޅަ ހޯދައިފި.

14 Nov 01:34

'4 - ދަގަނޑޭއަށް ފަހާދު ކުރި ފައުލަކާ ގުޅިގެން ބަންގުލަދޭޝްގެ ހާފުގެ ތެރެއިން ރާއްޖެއަށް ހިލޭ ޖެހުމެއް.

14 Nov 01:33

މި މެޗަށް ވެސް ރާއްޖޭގެ ކޯޗު މޮރިއޭރޯ ނެރުނީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ނެރުނު ފުރަތަމަ 11.

14 Nov 01:32

'1 - ސެންޓޭ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭއަށް ލިބުމުގެ ކުރިން ބަންގުލަދޭޝްގެ ޑިފެންޑަރު ޓޯޕޫ ދިފާއުކޮށްފި.

14 Nov 01:30

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ރާއްޖެއިން.

މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގެ ތިންވަނަ މެޗުގައި ރާއްޖެއާއި ބަންގުލަދޭޝް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއަދުގެ މެޗަށް ނުކުންނަ އިރު، ބަންގުލަދޭޝްއާއި ރާއްޖެއަށްވެސް މުބާރާތުގައި މިހާތަނަށް ލިބިފައިވަނީ އެއް ޕޮއިންޓް. ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ލަންކާ ކައިރީ އެއްވަރުވީ 4-4 ގެ ނަތީޖާއަކުން. ބަންގުލަދޭޝްއިން ފުރަތަމަ ކުޅުނު މެޗުގައި ސީޝެލްސް ކައިރީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުން.

ދެގައުމުގެ ކުރިމަތިލުންތަކަށް ނަޒަރެއް

  • ރާއްޖެއާއި ބަންގުލަދޭޝް މީގެ ކުރިން 13 މެޗެއްގައި ވާދަކުރި
  • އޭގެ ތެރެއިން ރާއްޖެ ކާމިޔާބުކުރީ ފަސް މެޗެއް
  • ބަންގުލަދޭޝްއިން ވަނީ ފަސް މެޗުން މޮޅުވެފައި
  • އެންމެފަހުން ބަންގުލަދޭޝްއިން ރާއްޖެ ބަލިކުރީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި
  • އޭގެ ފަހުން ބައިނަލްއަގުވާމީ މެޗެއްގައި ބަންގުލަދޭޝް އަތުން ރާއްޖެ ބަލިވެފައެއް ނުވޭ
  • އެންމެފަހުން ރާއްޖެއާއި ބަންގުލަދޭޝް ވާދަކުރީ މިއަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން.

ރާއްޖޭގެ ފުރަތަމަ 11:

  • އަލީ ނާޖިހު - ގޯލްކީޕަރު
  • ސަމޫހު އަލީ (ސަމުއްޓޭ)
  • ހުސައިން ސިފާއު ޔޫސުފް (ކުރޯ)
  • މުހައްމަދު އުމައިރު
  • އަލީ އަޝްފާގު (ދަގަނޑޭ)
  • އިބްރާހިމް އައިސަމް
  • އަލީ ފާސިރު (ސެންޓޭ)
  • އަކްރަމް އަބްދުލްޤަނީ (އަކޫ) - ކެޕްޓަން
  • ހައިޝަމް ހަސަން (ބިޑި)
  • އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
  • ހުސައިން ނިހާން (ނިހާޓު)

ބަންގުލަދޭޝްގެ ފުރަތަމަ 11:

  • އަނީސުރް ރަހުމާން - ގޯލްކީޕަރު
  • އެމްޑީ ރަހުމަތު މިއާ
  • ޓޯޕޫ ބަރުމަން
  • ޖަމާލް ބުޔާން - ކެޕްޓަން
  • އެމްޑީ ސުމަން ރެޒާ
  • ސުޝާންތޯ ޓްރިޕޫރާ
  • މުހައްމަދު އިބްރާހިމް
  • އެމްޑީ ޓުޓުލް ހުސައިން ބާޑްޝާ
  • އެމްޑީ އަތީގުރް ރަހުމާން ފަހާދު
  • އެމްޑީ ރިދޯއީ
  • ރާކިބް ހުސައިން