ސުޖޯއީ ޖޯޝްގެ ކްރައިމް ތްރިލާ ކަމަށްވާ 'ބަދްލާ' ގެ އާ ޕޯސްޓަރެއް ނެރެފިއެވެ.
އަމީތާބް ބަޗަން އާއި ތާޕްސީ ޕަންނު ލީޑްރޯލުން ފެނިގެންދާ މި ފިލްމުގެ ފޮޓޯތަކާއި ޓީޒާތަކެއް މީގެ ކުރީން ވަނީ ނެރެފައެވެ. އެއިން ކޮންމެ ޕޯސްޓަރަކުންވެސް ފިލްމާމެދު އުފެދޭ ޝައުގުވެރިކަން އަންނަނީ ބޮޑުވަމުންނެވެ.
ފުރަތަމަ ޕޯސްޓަރުތަކުގައި ތާޕްސީ އަދި އަމީތާބް ވަކި ވަކިން ފެންނަ އިރު އޭގައި ލިޔެފައިވާ ޓެގްލައިނަކީ "މައާފު ކުރުމަކީ ކޮންމެ ފަހަރަކު ކުރުން އެންމެ ރަނގަޅު ކަމެއް ނޫން" ކަމަށެވެ. ދެތަރިންވެސް ޕޯސްޓަރުގައި ފެންނަނީ ވަރަށް މާނަ ފުންކޮށެވެ.
މި ޕޯސްޓަރުތައް ފުރަތަމަ ހިއްސާކޮށްފައިވަނީ ޝާހުރުކް ޚާންގެ ޓުވިޓަރުގައެވެ. ބަދްލާގެ ޕޯސްޓަރު އިސްތިހާރު ކުރަމުން ޝާހު ގެ ޕޯސްޓުގައި ބުނެފައިވަނީ މިހާރު މާހައުލު ބަދަލުވަމުން އަންނަކަމަށެވެ.
މި ފިލްމަކީ ޝާހު އަދި އޭނާގެ އަންހެނުން ގޯރީގެ ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ކޯ ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
މިއީ ތާޕްސީއާއި އަމީތާބް އެކީގައި ކުޅޭ ދެވަނަ ފިލްމެވެ. މީގެ ކުރިން މި ދެތަރިންވަނީ ފިލްމު ޕިންކް ގައި މަސައްކަތް ކޮށްފައެވެ.
ބަދްލާ ރިލީސްކުރަން ހަމަޖެހިފައިވަނީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސްކަމުގައިވާ އަށެއް މާރޗްގައެވެ.