އަންނަ އޭޕްރީލް މަހު އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ފަރާތުން ވާދަ ކުރުމަށް 8 ފަރަތާކަށް ޓިކެޓު ދީފި އެވެ.
އެމްޑީއޭގެ ފަރާތުން ހަތް ދާއިރާއަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓު ހަވާލުކޮށްދެއްވީ މިރޭ އޮތް އެމްޑީއޭގެ ގައުމީ ކައުންސިލްގެ ބައްދަލުވުމުގައި އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އެވެ. ސިޔާމަށް ޓިކެޓު ހަވާލުކޮށްދެއްވީ ޑެޕިއުޓީ ލީޑަރު، އަލީ މައުރޫފް އެވެ.
އެމްޑީއޭގެ ޓިކެޓުގައި ދާއިރާތަކަށް ވާދަކުރައްވާ ބޭފުޅުންނާއި ދާއިރާތައް:
1. އަހުމަދު ސިޔާމް މުހައްމަދު - ދ. މީދޫ ދާއިރާ
2. އަލީ މައުރޫފް - ނ. ކެނދިކުޅުދޫ ދާއިރާ
3. އަހުމަދު އާމިރު - ދ. ކުޑަހުވަދޫ ދާއިރާ
4. އާއިޝަތު ރަފިއްޔާ - މާފަންނު ހުޅަނގު ދާއިރާ
5. ހުސެއިން ސާލިމް މުހައްމަދު - ނ. ހޮޅުދޫ ދާއިރާ
6. މުހައްމަދު އައްބާސް - ނ. ވެލިދޫ ދާއިރާ
7. އިބްރާހީމް އަސްލަމް - ނ. މަނަދޫ ދާއިރާ
8. މުހައްމަދު އާދަމް - ރ. ދުވާފަރު ދާއިރާ
މިރޭ އޮތް އެމްޑީއޭގެ ގައުމީ ކައުންސިލްގެ ބައްދަލުވުމުގައި ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވަނީ، ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަންނަވާ ބޭފުޅުން ދިވެހި ގައުމަށާއި ރައްޔިތުންނަށް ތެދުވެރިކަމާއި ވަފާތެރިކަމާ އެކު ޚިދުމަތްކުރުން މަތީ ދެމިތިބުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.