ލަގްޜަރީ އެޕާޓްމެންޓް ކޮމްޕްލެކްސް އާކުއާ ވީޓާގެ ބްރޭންޑް އެމްބެސެޑަރަކަށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހަމަޖައްސައިފި އެވެ.
އާކުއާ ވީޓާގެ ބްރޭންޑް އެމްބެސެޑަރަކަށް ދަގަނޑޭ ހަމަޖައްސާފައިވަނީ މިހާރު ކުރިއަށްދާ "ލިވިން އެކްސްޕޯ 2019"ގައެވެ. އަކުއާ ވީޓާއިން ބުނީ އެމްބެސެޑަރުކަމުގެ އެއްބަސްވުމުގައި ދަގަނޑޭއާއެކު ވަނީ މިހާރު ސޮއިކޮށްފައި ކަމަށެވެ.
ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އެންޕީއެޗްޑީއިން ހުޅުމާލޭގައި ތަރައްގީކުރާ އެޕާޓްމެންޓް ކޮމްޕްލެކްސް އާކުއާ ވީޓާއަށް ލިވިން އެކްސްޕޯގައި ވަނީ ރަނގަޅު ތަރުހީބެއް އާންބުންގެ ފަރާތުން ލިބިފައި ކަމަށް އެ ބްރޭންޑުން ބުނެއެވެ.
ޖުމްލަ 14 ބުރީ އެޕާޓްމެންޓް ކޮމްޕްލެކްސްގެ ކޮންމެ ބުރިއެއްގައި އަށް އެޕާޓްމެންޓު ހުންނާނެއެވެ. އެގޮތުން އެ ކޮމްޕްލެކްސްގައި 102 އެޕާޓްމެންޓް ހުންނާނެއެވެ.
އާކުއަ ވީޓާގެ ހުރިހާ މަސައްކަތް ނިމި އަންނަ އަހަރުގެ މާޗު ތެރޭގައި އެތަން ހުޅުވާނެއެވެ.
އާކުއާ ވީޓާއަކީ ލިވިން އެކްސްޕޯ 2019ގެ ކޯ ސްޕޮންސަރެކެވެ.