އެމްއާރްއެމް

އެމްއާރުއެމްގެ ކެމްޕެއިން މެނޭޖަރަކަށް މުހައްމަދު ފައިސަލް ހަމަޖައްސައިފި

އަހުމަދު ޖައިޝަން

3

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ކެމްޕެއިން މެނޭޖަރަކަށް ރާއްޖެއިން ލަންކާއަށް ކަނޑައާޅަފައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު ފައިސަލް ހަމަޖައްސައިފި އެވެ.

ފައިސަލް ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސިއިރު އެމްއާރުއެމްއިން ވަނީ ކެމްޕެއިންގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމަށާއި ކެމްޕެއިން ސްޕޯކްސްޕާސަންގެ މަގާމަށްވެސް ބޭފުޅުން ހަމަޖައްސައިފައެވެ.

އެގޮތުން އެމްއާރުއެމްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެސިސްޓެންޓް މެނޭޖަރުގެ މަގާމަށް ހަމަޖައްސާފައިވަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއައިޓީޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރާއިދު ކަމަށެވެ.

އަދި އެމްއާރުއެމްގެ ކެމްޕެއިންގެ ސްޕޯކްސްޕާސަން އަކަށް ހަމަޖައްސާފައިވަނީ ތަޒްމީލް އަބްދުއްސަމަދެވެ. އޭނާއަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟