މުނިފޫހިފިލުވުން

އޮސްކާ އެވޯޑަށް ކުއްލި ބަދަލެއްގެންނަން ޖެހިއްޖެ

މުނިފޫހިފިލުވުމުގެ ދާއިރާއިން ދޭ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އެވޯޑް ކަމަށްޗާ އޮސްކާ އެވޯޑުގެ އިއުލާން ކޮށްފައިވާ ކެޓަގަރީއެއް އުނިކުރަން ނިންމައިފިއެވެ. އޮސްކާ ބާއްވަމުން ގެންދާ ދަ އެކަޑަމީ އޮފް މޯޝަން ޕިކްޗަރސް އާރޓްސް އެންޑް ސައިންސް ގެ ފަރާތުން އިއުލާން ކޮށްފައިވާ އައުޓްސްޓޭންޑިންގ އެޗީވްމަންޓް އިން ޕޮޕިއުލަރ ފިލްމް ގެ ކެޓެގަރީ އުނިކުރަން ނިންމަން ކުއްލި ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

އެކެޑަމީގެ ސީއީއޯ ޑޯން ހަޑްސަން ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. އަލަށް ތަޢާރަފް ކުރި ކެޓެގަރީގެ ސަބަބުން ބޮޑެތި ފާޑުކިއުންތައް އެކިފަރާތްތަކުން ކިޔަމުންދާ ކަމަށް އޭނާ ފާހަގަ ކުރިއެވެ. އެކަޑަމީގެ ބޯޑުން ވަނީ ފަހުން ލިބިދާނެ ގެއްލުން ބޮޑުވެދާނެތީ މިބަދަލު ގެނެސް ދެން އޮންނަ އެވޯޑަކަށް މުޅީން އާ ކެޓަގަރީއެއް ތައާރަފުކުރަން ވެސް ނިންމައިފައެވެ.

ނުވަދިހަ އެއް ވަނަ އޮސްކާ ބޭއްވުމަށް ހަމަޖައްސައިފައި ވަނީ އަންނަ ފެބުރުއަރީ މަހު 24 ވަނަ ދުވަހުއެވެ.