ބޮލީވުޑް

ފުރަތަމަ ރިލީސް ކުރަނީ ސިންގަމް 3 ނޫނީ ގޯލްމާލް 5 ބާ؟

އަޖޭ ދޭވްގަން އާއި ރޯހިތް ޝެޓީ އެކީގައި ނެރެފައިވާ ފްރެންޗައިޒް ފިލްމު ސީރީޒް، ސިންގަމް އަދި ގޯލްމާލު ވެގެން ގޮސްފައި ވަނީ ބޮޑު ސުޕަ ހިޓަކަށެވެ.

ރޯހިތް ޝެޓީ ފަހުން ނެރުނު ފިލްމު ސިމްބާއިން އަޖޭ ދޭވްގަންގެ ފެނިލުމުން ވަނީ ސިންގަމްގެ 3 ވަނަ ބައެއް ހަދާނެ ކަން ޔަގީންވެފައެވެ. މީގެ އިތުރުން ގޯލްމާލްގެ ވެސް 5 ވަނަ ބައެއް ހަދާނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ދެ ފިލްމަކީވެސް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު ސީރީޒްތަކެއް ކަމުން ނޫސްވެރީން ވަނީ އަޖޭއަށް ސުވާލެއް އަމާޒުކޮށްފައެވެ. އެންމެ ފުރަތަމަ ނެރޭނެ ފިލްމަކީ ކޮބައިތޯ އެހުމުން އަޖޭ ބުނީ ރޯހިތުއާއި އަޖޭއަށްވެސް ފުރަތަމަ މަސައްކަތް ފަށަންވީ ކޮން ފިލްމެއްގައިތޯ ވަނީ އަދި ނުނިންމިފައި ކަމަށެވެ. އެހެން ކަމުން ފޭނުންނަށް އަދިވެސް އޮތީ އިންތިޒާރު ކުރުމެވެ.

އަޖޭ ދެން އެންމެ އަވަަހަށް ފެންނާނީ އިންދްރާ ކުރާމުގެ ޓޯޓަލް ދަމާލުއިންނެވެ. އެ ފިލްމުގައި އަޖޭއާއެކު އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓް އަދި ރިތޭޝް ދޭޝްމުކް ލީޑް ރޯލުން ފެނިގެންދާނެއެވެ.