ޕޮލިސް

ހޮރައިޒަން ފިޝަރީޒު ކުންފުނީގެ 160000 ރުފިޔާގެ ޗެކެއް ފޭރިގެންފި

ހޮރައިޒަން ފިޝަރީޒު ކުންފުނީގެ 160000 ރުފިޔާގެ ޗެކަކާއި އެކުންފުނީގެ ލިޔެކިއުންތަކެއް މިއަދު ފޭރިގެންފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 10:45 އެހާކަށްހާއިރު ފިޔާތޮށިމަގު، ޒިޔާރަތް މިސްކިތް ކައިރީ، މީހެއްގެ އަތުން ލެޕްޓޮޕް ދަބަހެއް ފޭރިގަނެފައިވާ ކަމަށާއި އެ ދަބަހުގައި ހޮރައިޒަން ފިޝަރީޒްގެ ޗެކަކާއި ލިޔެކިޔުންތައް ހުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ އާއި ޗެކުތައް އެއްތަނުން އަނެއްތަނަށް ގެންދާއިރު ފުލުހުންގެ އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފައެވެ.