"ގޯލްޑް 100" އެވޯޑުގެ ގޯލްޑް ޕާރޓްނަރަކަށް، އަލް ޝާލީ މެރީން ހަމަޖައްސައިފިއެވެ.
މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ދޭ "ގޯލްޑް 100" އެވޯޑަކީ ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.
މިއީ އަލް ޝާލީ އެ އެވޯޑްގެ ގޯލްޑް ޕާޓްނަރަކަށް ހަމަޖެއްސި ތިން ވަނަ ފަހަރެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އަލް ޝާލީގެ ފަރާތުން ސޮއިކުރައްވައިފައިވަނީ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފެވެ. އަދ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޑރ. ހުސެއިން ސަނީ އުމަރު އެވެ.
އަލް ޝާލީ އަކީ ދުބާއީގެ އަލް ޝާލީ މެރިން އާއި ކޯސްޓްލައިން އިންވެސްޓްމެންޓްގެ ޖޮއިންޓް ވެންޗާއެކެވެ.
ގޯލްޑް 100ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްވެސް ވަނީ ހަމަޖައްސައިފައެވެ. "ގޯލްޑް 100"ގެ ޕްލެޓިނަމް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ބޭންކް އޮފް މޯލްޑިވްސްއެވެ.
މި އަހަރުގެ "ގޯލްޑް 100" ހަފުލާ ބޭއްވުމަށް ހަމަޖައްސައިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.