ބޮލީވުޑް

ސައިފާއެކު ތަންތްރިކްގައި ފާތިމާ ސަނާ ޝައިޚް

ފޮކްސް ސްޓާ ސްޓޫޑިއޯއިން އުފައްދާ ފިލްމު ތަންތްރިކް ކުޅުމަށް އަބީޝެކް ބަޗަން ބޭނުން ނުވުމުން އެ ފިލްމު ވަނީ ސައިފް އަލީ ޚާންއަށް ހުށަހަޅައިފައެވެ.

ސައިފްއާއި ފޮކްސް ސްޓާ ސްޓޫޑިއޯއާއި ދެމެދު އެއްބަސްވުންތައް ކުރިއަށް ދާއިރު ފިލްމުގެ މަސައްކަތްވެސް ކުރިއަށް ދާކަމުގެ އުފާވެރި ހަބަރު ވަނީ ލިބެން ފަށައިފައެވެ. ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ފިލްމުގައި ބަތަލާގެ ބައި ކުޅުމަށް އަރަމުން އަންނަ ތަރި ފާތިމާ ސަނާ ޝައިޚްއާ ވަނީ ވާހަކަދައްކައިފައެވެ.

ޕަވަން ކްރިޕަލާނީ ޑައިރެކްޓް ކުރާ މި ފިލްމަކީ ބިރުވެރި މަޖާ ފިލްމެކެވެ.

ފާތިމާ އެންމެ ފަހުން ކުޅެފައިވަނީ އާމިރު ޚާންއާ އެކު "ތަގްސް އޮފް ހިންދުސްތާން" އެވެ. މީގެ އިތުރުން އަނޫރާގް ބާސޫގެ ފިލްމުގައި ރާޖްކުމާރު ރާއޯއާއެކު ފާތިމާ އަންނަނީ ޝޫޓިންތައް ކުރިއަށް ގެންދަމުންނެވެ. ރާޖްކުމާރު ރާއޯގެ ފިލްމުގެ ނަން އަދި ހާމަކޮށްފައިނުވާއިރު އެ ފިލްމަކީ ގިނަ ތަރީންތަކެއް މުހިއްމު ރޯލުތަކުން ފެނިގެން ދާނެ ފިލްމެއް ކަމަށް ވެއެވެ.