ގއ. ވިލިނގިލީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
ފުލުހުން ބުނީ، މިރޭ 11:22އެހާ އިރު ވިލިނގިލީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފައި ވަނީ 28 އަހަރުގެ މީހެއް ކަމަށާއި އެ މީހާއަށް ހަމަލާ ދިނީ އެރަށުގައި ހިންގި މާރާމާރީއެއްގެ ތެރޭގައި ކަމަށެވެ.
ފުލުހުން ބުނީ ޒަޚަމްވި މީހާއަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ތުހުމަތު ކުރެވޭ 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.