ކާންޔެ ވެސްޓުގެ ނަން ރަސްމީކޮށް ''ޔެ'' ގެ ނަމަށް ބަދަލުކޮށްފި އެވެ.
ލޮސް އެންޖެލިސް ކޯޓުން މިއަދު ވަނީ އެދިފައިވާ ގޮތަށް އޭނާ ނަން ''ޔެ'' އަށް ބަދަލުކޮށް އެ ނަން ފާސްކޮށްދީފައެވެ. ކުރިއަށް އަދި ފަހަތަށްވެސް އިތުރު ނަމަކާ ނުލައި މި ނަމަށް ބަދަލުކޮށްދިނުމަށް ކޯޓަށް އޯގަސްޓުމަހުގެ 24 ވަނަ ދުވަހު ހުށަހަޅާފައިވާއިރު ސަބަބެއް ކަމުގައި އޭނާ ބުނެފައިވަނީ ޒާތީ ސަބަބުތަކެއް ހުރުމެވެ.
44 އަހަރުގެ ރެޕާ 2018 ވަނަ އަހަރުގެ ޖޫންމަހު ނެރުނު އޭނާގެ އަށްވަނަ ސްޓޫޑިއޯ އަލްބަމް އަށް ވެސް ދީފައިވާ ނަމަކީ ''ޔެ'' އެވެ. އޭނާގެ ނަން ރަސްމީކޮށް ''ޔެ' 'އަށް ބަދަލުވެފައިވީ ނަމަވެސް ޓުވީޓާގައި މިނަން ބޭނުންކުރަމުން އަންނައިރު 2018 ވަނަ އަހަރު އޭނާ އަކީ ކެންޔޭ ވެސްޓްގެ ބަދަލުގައި ޔެ ކަމަށް ބުނެ އޭނާ ވަނީ ޓުވިޓާގައި އެކަން އިއުލާނު ކޮށްފައެވެ.
ނަމަވެސް އޭނާގެ ކުރީގެ އަންހެނުން އަދި ދަރިންގެ މަންމަ ކިމް ކާޑޭޝިއަން މިހާތަނަށް އޭނާއަށް މުހާތަބުކުރަމުން އައިސްފައިވަނީ ކެންޔޭ ވެސްޓްގެ ގޮތުގައެވެ.