ޝެއިހް އިލްޔާސް ހުސެއިން

އިސްލާމީ އުސޫލުތަކާ ކުޑަކޮށްވެސް ގާތްކުރާ ގޮތެއް ހުރީ ރިޔާސީ ނިޒާމުގައި: ޝައިޚު އިލްޔާސް

ޝަހީދާ އަބްދުﷲ ސައީދު

2

އިސްލާމީ އުސޫލުތަކާ ކުޑަކޮށްވެސް ގާތްކުރާ ގޮތެއް ހުރީ ރިޔާސީ ނިޒާމުގައި ކަމަށް އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚު އިލްޔާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެންމެ ފައިދާހުރި ނިޒާމު ކަމަށް ބުނުމަކީ ބޮޑު އޮޅުވައިލުމެއް ކަމަށާއި އަދި ރައްޔިތުން ނިންމާފައިވާ ނިންމުމެއް ބަދަލުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

އަދި ބަރުލަމާނީ ނިޒާމަށް ފުރުސަތު ނުދިނުމަށް އިލްޔާސްގެ ޓުވީޓުގައި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައި ވެއެވެ.

ރާއްޖޭގައި ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް 2007 ވަނަ އަހަރު ވަނީ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައިފައެވެ. ބޮޑު ތަފާތަކުން ރައްޔިތުންވަނީ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ނިންމާފައެވެ.

ނަމަވެސް ރާއްޖޭގައި އޮންނަން އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމުކަމަށް ވިދާޅުވެ ކުރީގެ ރައީސް ނަޝީދު ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟