ސާފް ޗެމްޕިއަންޝިޕް

ނޭޕާލް 1-1 ބަންގުލަދޭޝް

14 Oct 04:18
14 Oct 04:11

މެޗުގެ އުސްއަލިތައް

  • މެޗަށް ގިނަ އަދަދެއްގެ ބަންގުލަދޭޝް ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި
  • ރަނގަޅު ރޫހެއްގައި ފެނިގެން ދިޔަ ބަންގުލަދޭޝް ވަނީ ކުރީކޮޅުގައި ލީޑު ނަގައިފައި
  • ޖަމާލް ނަގައިދިން ހިލޭ ޖެހުން ބޮލުން ގޯލަށް ވައްދާލީ ސުމަން ރިޒާ
  • އޭގެ އިރުކޮޅެއް ފަހުން ނޭޕާލުގެ ރޯހިތު ޗާންދަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި
  • އޭގެ ފަހުންވެސް ސުމަން ވަނީ ނުރައްކާ ކޮށްފައި، އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު އަތަށް
  • އޭގެ ފަހުން ދެން ފެނުނީ މެޗު ނިމެން ދަނިކޮށް ނޭޕާލުގެ ހަމަލާއެއް، އަޔޫޝް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ
  • ދެވަނަ ހާފަށް ނުކުމެ ނޭޕާލުން އެޓޭކަށް ވިސްނި ނަމަވެސް ބަންގުލަދޭޝް ކުޅުނީ ވަރަށް ބޮޑަށް ޑިފެންސްކޮށްގެން
  • ނޭޕާލުގެ ހަމަލާތައް ފުލުފުލުގައި ފެނުނު، ރޯހިތު ޗާންދުގެ ދެ ހަމަލާއެއް ގޯލާ އަމާޒު ނުވެ ދިޔަ
  • ނަވަޔުގް ޝްރެސްތާ ބޮލުން ފޮނުވާލި ހަމަލާ، ކީޕަރު އަނީސުރް ރަހުމާން މަތަކުރި
  • މެޗުގެ އޮއިވަރު ބަދަލުވީ 79 ވަނަ މިނެޓުގައި އަނީސުރް ރަހުމާނަށް ދެއްކި ރަތް ކާޑާއެކު
  • އެހިސާބުން ނޭޕާލުން ކުރިއަށް ޖެހި ކުރި މަސައްކަތުން އެއްވަރު ކުރި
  • ނޭޕާލުން ނަތީޖާ ހަމަހަމަކުރީ 88 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން، ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަންޖަން ބިސްތާ
  • މިއީ ނޭޕާލުގެ ތާރީހުގައިވެސް އެޓީމުން ސާފްގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރު
14 Oct 04:02

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-1 އިން ދެ ޓީމު އެއްވަރުވެގެން. މި ނަތީޖާއާއެކު ނޭޕާލަށް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވެފައި. މިއީ މުބާރާތުގެ ތާރީހުގައި ނޭޕާލު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރު.

14 Oct 03:54

'90+1 - ނޭޕާލަށް ހުސް ފުރުސަތެއް. ވަރަށް ހުސްކޮށް ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މަނީޝް ޑަންގީ ފޮނުވާލި ހަމަލާ ދިޔައީ ބަންގުލަދޭޝް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

14 Oct 03:53

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓުގެ ކުޅުން ދައްކައިފި.

14 Oct 03:52

މި ނަތީޖާއާއެކު އެއްވަރުވެގެން މެޗު ނިމިއްޖެ ނަމަ، ފައިނަލުގެ ޖާގަ ލިބޭނީ ނޭޕާލަށް.

14 Oct 03:50

'88 - ނޭޕާލުން ނަތީޖާ ހަމަހަމަކޮށްފި. ނޭޕާލަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަންޖަން ބިސްތާ.

14 Oct 03:50

'86 - ބަންގުލަދޭޝްގެ ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލުގެ އަންޖަން ބިސްތާއަށް ސާދު ކުރި ފައުލަކާ ގުޅިގެން ބަންގުލަދޭޝަށް ޕެނަލްޓީއެއް. ނަމަވެސް ރީނދޫ ކާޑު ދެއްކީ ބިޝްވަނާތަށް.

14 Oct 03:42

'79 - ބަންގުލަދޭޝުން ފަހަތަށް ޖެއްސި ބޯޅައަކަށް ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ކުރިއަށް އަރައި، އަންޖަން ބިސްތާގެ ހަމަލާއަކަށް ޕެނަލްޓީ އޭރިއާ ބޭރުން ބޯޅައިގައި އަތްލުމުން ކީޕަރު އަނީސުރް ރަހުމާނަށް ރަތް ކާޑެއް ދައްކައިފި.

14 Oct 03:34

'72 - ޕެނަލްޓީ އޭރިއާ ބޭރުން ބަންގުލަދޭޝްގެ ސުމަން ރެޒާ ފޮނުވާލި ހަމަލާ، ނޭޕާލު ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

14 Oct 03:33

'71 - ނޭޕާލަށް ރަނގަޅު ފުރުސަތެއް. ގޯތަމް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ރޯހިތު ޗާންދު ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ބަންގުލަދޭޝް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

14 Oct 03:28

'65 - އަނީސުރް ރަހުމާންގެ ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނަވަޔުގް ޝްރެސްތާ ބޮލުން ފޮނުވާލި ހަމަލާ، ކީޕަރު އަނީސުރް ރަހުމާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި. ނަވަޔުގް ހުރީ ވެސް އޮފްސައިޑް މަގާމެއްގައި.

14 Oct 03:26

'64 - ބަންގުލަދޭޝަށް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ސުމަން ފޮނުވާލި ހަމަލާ އަމާޒުވީ ނޭޕާލުގެ ކީޕަރު ކިރަންގެ އަތަށް.

14 Oct 03:22

'60 - ނޭޕާލުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން އަންޖަން ފޮނުވާލި ހަމަލާ ދިޔައީ ބަންގުލަދޭޝްގެ ގޯލު ހުރަސްކޮށް ބޭރަށް.

14 Oct 03:20

ނޭޕާލުން މި ހާފުގައި ވެސް ކުޅެމުންދަނީ އެޓޭކިން ފުޓުބޯޅައެއް. ބަންގުލަދޭޝް އިން މަސައްކަތްކުރަނީ ކައުންޓާގައި ނުރައްކާކުރަން.

14 Oct 03:17

'55 - ބަންގުލަދޭޝްގެ ކައުންޓާ އެޓޭކެއް. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސުމަން ފޮނުވާލި ހަމަލާ، ނޭޕާލުގެ ކީޕަރު ކިރަން ވަނީ މަތަކޮށްފައި.

14 Oct 03:16

'53 - ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާންގެ މޮޅު ސޭވްއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޓޮޕޫ ދިން ބޯޅައަކުން އަޔުޝް ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

14 Oct 03:12

'50 - އަޔުޝް ނަގައިދިން ހިލޭ ޖެހުން، ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލުގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ދިފާއުކޮށްފި.

14 Oct 03:10
14 Oct 03:09

'47 - ރޯހިތަށް ބަންގުލަދޭޝްގެ ސުމަން ކުރި ފައުލަކާ ގުޅިގެން އަމިއްލަ ހާފުގެ ތެރެއިން ނޭޕާލަށް ހިލޭ ޖެހުމެއް.

14 Oct 03:07

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނޭޕާލުން.

14 Oct 03:05
14 Oct 02:53

ފުރަތަމަ ހާފުގެ އުސްއަލިތައް

  • މެޗަށް ގިނަ އަދަދެއްގެ ބަންގުލަދޭޝް ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި
  • ރަނގަޅު ރޫހެއްގައި ފެނިގެން ދިޔަ ބަންގުލަދޭޝް ވަނީ ކުރީކޮޅުގައި ލީޑު ނަގައިފައި
  • ޖަމާލް ނަގައިދިން ހިލޭ ޖެހުން ބޮލުން ގޯލަށް ވައްދާލީ ސުމަން ރިޒާ
  • އޭގެ އިރުކޮޅެއް ފަހުން ނޭޕާލުގެ ރޯހިތު ޗާންދަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި
  • އޭގެ ފަހުންވެސް ސުމަން ވަނީ ނުރައްކާ ކޮށްފައި، އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު އަތަށް
  • އޭގެ ފަހުން ދެން ފެނުނީ މެޗު ނިމެން ދަނިކޮށް ނޭޕާލުގެ ހަމަލާއެއް، އަޔޫޝް ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ
14 Oct 02:52
14 Oct 02:51

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިންމާލީ 1-0ގެ ނަތީޖާއަކުން ބަންގުލަދޭޝް ކުރީގައި އޮވެގެން.

14 Oct 02:50
14 Oct 02:49

'45+2 - ނޭޕާލަށް ރަނގަޅު ފުރުސަތެއް. ރޯހިތު ޗާންދު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަޔުޝް ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ގޯލާ އަމާޒުވެފައެއް ނުވޭ.

14 Oct 02:49

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

14 Oct 02:48

'44 - ނޭޕާލުގެ އަންޖަން ބިސްތާ ބޯޅައިގައި އަތްލުމުން އޭނާއަށް ރީނދޫ ކާޑެއް. ނޭޕާލު ފައިނަލަށް ދަތުރުކޮށްފި ނަމަ، އެ މެޗަށް އޭނާ ހުންނާނީ ސަސްޕެންޝަނުގައި.

14 Oct 02:45

'41 - ނަވަޔުގް ޝްރެސްތާ ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި ނޭޕާލުގެ އަންޖަން ބިސްތާއަށް ލިބުމުގެ ކުރިން ބަންގުލަދޭޝްގެ ސާދް އުދިން ދިފާއުކޮށްފި.

14 Oct 02:38

މި މެޗު ނޭޕާލުން އެއްވަރުކޮށްލައިގެން ނިންމައިލިޔަސް، އެޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުކުރެވޭނެ. ނަމަވެސް މިހާރު ބަންގުލަދޭޝް އިން ލީޑު ހޯދާފައިވުމުން، ނޭޕާލަށް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައި. ބަންގުލަދޭޝް މޮޅުވެއްޖެ ނަމަ، ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވާނީ އެޓީމަށް.

14 Oct 02:36

'32 - ނޭޕާލަށް ރަނގަޅު ފުރުސަތެއް. އަންޖަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަޔުޝްއަށް ރަނގަޅަށް ބޯޅަ ފޮނުވައިލެވިފައެއް ނުވޭ. އޭނާއަށް ބަންގުލަދޭޝްގެ ޑިފެންޑަރު ތާރިގު ވަނީ ހުރަސް އަޅާފައި.

14 Oct 02:31

'27 - ކައުންޓާ އެޓޭކެއްގައި ބަންގުލަދޭޝްގެ ސާދް އުދިންއަށް ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ، ނޭޕާލުގެ ގޯލާ އަމާޒެއް ނުވި.

14 Oct 02:27

'24 - ނޭޕާލުގެ ނުރައްކަލެއް. އަންޖަން ބިސްތާ ފޮނުވާލި ހިލޭ ޖެހުން ބަންގުލަދޭޝްގެ ކީޕަރު އަނީސުރް ރަހުމާން ވަނީ މަތަކޮށްފައި.

14 Oct 02:26
14 Oct 02:25

'21 - ބަންގުލަދޭޝަށް ރަނގަޅު ފުރުސަތެއް. ނޭޕާލުގެ ޑިފެންޑަރު ދިނޭޝް އަތުން ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ސުމަން ފޮނުވާލި ހަމަލާ އަމާޒުވީ ނޭޕާލުގެ ކީޕަރު ކިރަންއާ ދިމާއަށް.

14 Oct 02:20
14 Oct 02:18

'15 - ނޭޕާލަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ރޯހިތު ޗާންދު ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

14 Oct 02:16

'13 - ޕެނަލްޓީ އޭރިއާ ބޭރުން ބަންގުލަދޭޝްގެ ސާދް އުދިން ފޮނުވާލި ހަމަލާ، ނޭޕާޅުގެ ގޯލާ އަމާޒެއް ނުވި.

14 Oct 02:15

ބަންގުލަދޭޝް އިން ލީޑު ހޯދާފައި މިވަނީ ނޭޕާލުން ބޯޅަ ހިފަހައްޓައިގެން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް. ބަންގުލަދޭޝް އިން ގޯލު ކާމިޔާބުކުރީ އެޓީމަށް ލިބުނު ފުރަތަމަ ފުރުސަތުން.

14 Oct 02:12

'9 - ބަންގުލަދޭޝް އިިން ލީޑު ހޯދައިފި. ޖަމާލް ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ބަންގުލަދޭޝްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެމްޑީ ސުމަން ރެޒާ.

14 Oct 02:11

'8 - ރާކިބްއަށް ނޭޕާލުގެ ގޯތަމް ޝްރެސްތާ ކުރި ފައުލަކާ ގުޅިގެން ބަންގުލަދޭޝްއަށް ހިލޭ ޖެހުމެއް.

14 Oct 02:07

ސުޖަލް ޝްރެސްތާ ފޮނުވާލި ހިލޭ ޖެހުން ބަންގުލަދޭޝްގެ ގޯލާ އަމާޒެއް ނުވި.

14 Oct 02:06

'2 - އަޔުޝް ދިން ބޯޅައެއް ހިފައިގެން ނަވަޔުގް ޝްރެސްތާ ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަން ދަނިކޮށް، އޭނާގެ ގައިގައި ހިފެހެއްޓުމުން ބަންގުލަދޭޝްގެ ޑިފެންޑަރު ޓޮޕޫއަށް ރީނދޫ ކާޑެއް. ނޭޕާލަށް ހިލޭ ޖެހުމެއް.

14 Oct 02:03

މެޗުގެ ކުޅުން ފަށައިފި.

14 Oct 02:00

މެޗު ކިކްއޯފް ކުރާނީ ބަންގުލަދޭޝް އިން.

14 Oct 01:56

މެޗަށް ދެ ޓީމުގެ ކުޅުންތެރިން ވެސް ދަނޑަށް އަރައިފި.

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021ގެ ނުވަވަނަ މެޗުގައި ނޭޕާލާއި ބަންގުލަދޭޝް ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއަދުގެ މެޗަކީ ދެޓީމަށްވެސް މަރުގެ މެޗެއް. ލީގު ބުރުގައި ދެޓީމުގެވެސް ފަހު މެޗަކީ މިއަދުގެ މެޗު. މިވަގުތު ތާވަލުގެ އެއްވަނައިގައި ނޭޕާލް އޮތް އިރު، ބަންގުލަދޭޝް އޮތީ ތާވަލުގެ ހަތަރު ވަނައިގައި. ނޭޕާލަށް ތިން މެޗުން ހަ ޕޮއިންޓު ލިބިފައި އޮތް އިރު، ބަންގުލަދޭޝްއަށް ލިބިފައި ވަނީ ތިން މެޗުން ހަތަރު ޕޮއިންޓު. މިއަދުގެ މެޗުން މޮޅުވެގެން ބަންގުލަދޭޝްއަށް ފައިނަލަށް ދެވޭނެ. މެޗު އެއްވަރުކޮށްލައިގެން ވެސް ނޭޕާލަށް ފައިނަލަށް ދެވިދާނެ.

ދެޓީމުގެ ކުރިމަތިލުންތަކަށް ނަޒަރެއް

ނޭޕާލާއި ބަންގުލަދޭޝް މިހާތަނަށް ވަނީ ޖުމުލަ 22 މެޗެއްގައި ވާދަކޮށްފައި. ނޭޕާލުން ހަތް ފަހަރަކު ބަންގުލަދޭޝްގެ މައްޗަށް ކުރި ހޯދާފައިވާ އިރު، ބަންގުލަދޭޝް ވަނީ 13 ފަހަރަކު ނޭޕާލް ބަލިކޮށްފައި. އެންމެފަހުން ދެގައުމުން ވާދަކުރި މެޗުން މޮޅުވީ ނޭޕާލް. ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުޅުނު އެ މެޗު ނިމުނީ 2-1 ގެ ނަތީޖާއަކުން. ކުރިން ބަންގުލަދޭޝްއަކީ މި ސަރަހައްދުގެ ގަދަ ބާރެއް ނަމަވެސް ނޭޕާލުން މިހާރު އަންނަނީ އާ ޖީލެއް ބިނާކޮށް ފުޓުބޯޅައިގައި ކުރިއެރުންތަކެއް ހޯދަމުން. ހާއްސަކޮށް މި މުބާރާތުގައި ނޭޕާލު ފެންނަނީ ވަރުގަދަކޮށް.

ފުރަތަމަ 11 އާއި ޓީމުގެ މައުލޫމާތު

ނޭޕާލުން މެޗަށް ނުކުންނާނެ ކަމަށް ބެލެވެނީ އެޓީމުގެ އެޓޭކިން ލައިން އަޕުގައި. އެޓީމުން އާންމުކޮށް ކުޅޭ 4-3-3 ފޯމޭޝަންގައި ނޭޕާލުން މެޗަށް ނުކުންނާނެ އިރު، އެންމެފަހުން އިންޑިއާ މެޗުގައި ބެންޗުން ފެށި އަންޖަން ބިސްޓާއާއި ނަވަޔުގް ޝްރެސްތާ މިއަދުގެ މެޗު ފަށާނެ ކަމަށް ބެލެވޭ.

ބަންގުލަދޭޝްއަށް އޮތް އެންމެ ބޮޑު މައްސަލައަކީ މުހިއްމު ޑިފެންޑަރު ޔާސިން އަރަފާތު ސަސްޕެންޝަންގައި ހުރުން. އެހެން ނަމަވެސް ރާއްޖެއާ ދެކޮޅަށް ބަންގުލަދޭޝް ކުޅުނު މެޗުގައި ސަސްޕެންޝަންގައި ތިބި ޑިފެންޑަރު ބިޝްވަނަންތު ގޯޝްއާއި ފޯވަޑް ރާކިބް ހަސަން މިއަދުގެ މެޗަށް ނުކުންނާނެ ކަމަށް ބެލެވޭ. ބެލެވޭ ގޮތުގައި ބަންގުލަދޭޝް މެޗަށް ނުކުންނާނީ ޑިފެންސަށް ސަމާލުވެ 4-4-2 ފޯމޭޝަންގައި.