ބޮލީވުޑް

ބާގީ ތިނެއްގައި ސާރާގެ ބަދަލުގައި ޝްރައްދާ އަދި ދިޝާ ޕަޓާނީ

ކެދަރްނާތް އާއި ސިމްބާ ކަހަލަ ކާމިޔާބު ފިލްމު ތަކަކަށްފަހު ފޭނުން ތިބީ ސާރާ ދެން ކުޅޭ ފިލްމެއް ބަލައިލުމުގެ އިންތިޒާރުގަ އެވެ.

ކުރީގެ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ސާރާ ވަނީ ބާގީ ތިނެއް ނުކުޅޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ފިލްމުގެ ތަރުޖަމާނެއް ބުނީ އެ ފިލްމަށް ސާރާއަށް ފުރުސަތުވެސް ދީފައި ނުވާ ކަމަށެވެ. އަދި ފިލްމު އުފައްދާ ފަރާތުން އަދިވެސް އަންނަނީ ސްކްރިޕްޓް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ބުންޏެވެ.

ފިލްމުގެ ޑައިރެކްޓަރު އަހުމަދު ޚާން ވަނީ ކެދަރްނާތުގައި މަސައްކަތް ކުރަމުން ދިޔައިރު ސާރާއާ ދިމާވެފައެވެ. ނަމަވެސް އޭރު އަދި ބާޣީ ތިނެއްގެ އެހާ ބޮޑު މަސައްކަތެއް ނުކުރާކަމަށާއި އެހެން ކަމުން ސާރާއަށް އެކުމުގައި ވާހަކަވެސް ދެކެވިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ފިލްމުގެ ފަރާތުން ވާހަކަ ދެއްކި ތަރުޖަމާނު އިތުރަށް ބުނި ގޮތުގައި ފިލްމުގެ ބަތަލާގެ ބަޔަށް ޝްރައްދާ ކަޕޫރާއި ދިޝާ ޕަޓަނީ ލުމަށް އެފަރާތުން އަންނަނީ ވިސްނަމުންނެވެ. ފިލްމުގެ ބަތަލަކީ ޓައިގާ ޝްރޮފް އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސާރާ ދެން އެންމެ އަވަހަށް ފެންނާނީ ލަވް އާޖް ކަލްގެ ރީމޭކްގައެވެ. އެ ފިލްމުގެ ބަތަލަކީ ކާރްތިކް އާރްޔަން އެވެ.