ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރް އަދި އަންހެނުން މީރާ ރާޖްޕުޓް އަށް މިފަހަރު ލިބުނީ ފިރިހެން ކުއްޖެކެވެ. މީރާ ވިހައިފައިވަނީ މުމްބާއީގެ ހިންދުޖާ ހޮސްޕިޓަލަށެވެ. މިއުފަލުގައި ބައިވެރިވުމަށް ދެފަރާތުގެ އާއިލާއިން ވަނީ ހޮސްޕިޓަލަށް ޒިޔާރާތް ކޮށްފައެވެ.
ފަހަކަށް އައިސް ޝާހިދު ވަނީ މީރާއާ އެކު ވަގުތު ހޭދަކުރާ މިންވަރު އިތުރުކޮށްފަ އެވެ. އަދި މީސްމީޑިއާގައި ޝާހިދު ޕޯސަޓު ކުރާ ފޮޓޯތަކުން ވެސް މިކަމުގެ ހަގީގަތް ފެނެއެވެ. މިއަހަރު ކުރީކޮޅު ޝާހިދު ވަނީ މީރާ ބަލިވެއިންކަން އިންސްޓަގްރާމް ޕޯސްޓަކުން އިއުލާން ކޮށްފައެވެ. މި ޕޯސްޓާއެކު ޝާހިދު ވަނީ އޭނާގެ ދަރިފުޅު މިޝާގެ ފޮޓޯއެއް ވެސް ޝެއާ ކޮށްފައެވެ.
ޝޫޓްކޮށް ނިމިފައިވާ ޝާހިދުގެ މުހިންމު ރޯލުތަކެއް ފެނިގެންދާ ' ބައްތި ގުލް މީޓަރ ޗަލު ' ގެ ޕުރޮމޯޝަން ގެ މަސައްކަތުގައި އަވަދިނެތި އުޅެމުން ވެސް ޝާހިދު ވަނީ އާއިލާއަށް ވަގުތު ހުސްކޮށްފައެވެ.
ޝާހިދު އާއި މީރާގެ ކައިވެނި ކޮށްފައި ވަނީ 2015 ވަނަ އަހަރުގަ އެވެ.