ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗްއާރުސީއެމްގެ ރައީސް ކަމަށް މުނާ، ނާއިބު ރައީސް ކަމަށް އަދުހަމް އަށް ރުހުން ހޯދަން ހުށަހަޅައިފި

އިބްރާހިމް ޒަކީ

1

ހިއުމަންރައިޓްސް ކޮމިޝަން މޯލްޑިވްސް (އެޗްއާރުސިއެމް) ގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށް މެންބަރުން އައްޔަން ކުރުމަށް ދެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އޭގެ ތެރޭން އެޗްއާރުސީއެމްގެ ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މ.ބާރަނާގެ މަރިޔަމް މުނާ އަދި ނާއިބު ރައީސަކަށް މއ. މާވެޔޮގޭ ޑރ.އަހުމަދު އަދުހަމް އަބުދުﷲ އައްޔަން ކުރަން މަޖިލީހަށް ވަނީ ފޮނުއްވައިފައެވެ.

މިކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ އަމީން އާއްމު ފާތިމަތު ނިއުޝާ މަޖިލީހަށް އިއްވެވުމުން މިއަދުގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ މައްސަލަ ދިރާސާ ކުރުނަށް ރައްްޔިތުންގެ މަޖިލިހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުއްވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟