ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިންތިހާބު ގެއްލުވާލިހެން ރައްޔިތުންނަށް ގައުމު ގެއްލޭވަރު ކުރެވޭތޯ ބަޔަކު މަސައްކަތްކުރަމުންދާ ކަމަށާއި އެމީހުންނަށް އެކަމެއް ނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމުގައި ގިނައީ ހަގީގަތް ގަބޫލުކުރާ ވިސްނޭ މީހުން ކަމަށެވެ.
ރައީސް ޔާމީން އިންތިހާބުން ބަލިވީމާ ތިމަންނައަށް މީހުން ނޭނގުނީ ކަމަށް ވިދާޅުވި ކަމަށާއި ގަދަ ބަސް ބުނެ ހަގީގަތް އޮޅުވާލައި ރައީސް ޔާމީނަށް އިންތިހާބު ގެއްލުވާލިހެން ބަޔަކު ރައްޔިތުންނަށް ގައުމު ގެއްލޭވަރު ކުރެވޭތޯ ބަލަމުންދާ ކަމަށެވެ.
"ރައީސް ޔާމީން އިލެކްޝަނުން ބަލިވީމަ ވިދާޅުވީ ތިމަންނައަށް މީހުން ނޭނގުނީ ކަމަށް. މި ވެރިން ގަދަ ބަސް ބުނެ ހަގީގަތް އޮޅުވާލައި، ރައީސް ޔާމީނަށް އިލެކްޝަން ގެއްލުވާލިހެން ރައްޔިތުންނަށް ގައުމު ގެއްލޭވަރު ކުރެވޭތޯ އެބަ ބަލާ. އެކަމެއް ނުވާނެ. ގައުމުގައި ގިނައީ ހަގީގަތް ގަބޫލުކުރާ މީހުން،" މާރިޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.