ސާފް ޗެމްޕިއަންޝިޕް

އިންޑިއާ 0-0 ސްރީ ލަންކާ

08 Oct 04:35
08 Oct 04:34
08 Oct 04:05

މެޗުގެ އުސްއަލިތައް:

  • މެޗުގެ ފުރަތަމަ ކޮންޓްރޯލުކޮށް ޑޮމިނޭޓް ކުރީ އިންޑިއާ
  • އެޓީމުން ބޯޅަ ހިފެހެއްޓި ނަމަވެސް ހަމަލާތައް އުފެއްދިފައެއް ނުވޭ
  • ލަންކާއިން ވަރަށް ބޮޑަށް ފަހަތަށް ޖެހި ރަނގަޅަށް ޑިފެންސް ކުރި
  • އިންޑިއާއިން އަރިމަތިން ހުރަސްތައް ޖަހައިގެން ކުޅުނު ނަމަވެސް ލަންކާގެ ގޯލަށް ނުރައްކަލެއް ނުކުރެވޭ
  • އިންޑިއާގެ ގިނަ ހުރަސްތަކަށް ލަންކާ ގޯލްކީޕަރު ސުޖަން އަރައި ދިފާއުކުރި
  • ދެވަނަ ހާފަށް ނުކުމެވެސް މެޗު ކޮންޓްރޯލް ކުރީ އިންޑިއާއިން
  • އިންޑިއާއިން މެޗުގެ ފަހު ހާފުގައި ހަމަލާތައް ގިނަ ކުރި
  • ދެވަނަ ހާފުގެ ކުރީކޮޅުގައި އުދަންތާއާއި ޗެތުރީ ފޮނުވާލި ހަމަލާވެސް މަތަކުރީ ސުޖަން
  • ލަންކާއިން މެޗުގައި މޮޅަށް ޑިފެންސް ކުރި، އެޓީމުގެ ޑިފެންސް ލީޑު ކުރީ ޑަކްސަން
  • އިންޑިއާއިން ގޯލަކަށް ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ، ގޯލެއް ނުޖެހި އައި މާޔޫސްކަމާއެކު ޓީމު ޕްރެޝަރުވި ތަންވެސް ފެނުނު
  • އިންޑިއާގެ ކޯޗު އީގޯ ސްޓިމަކަށް ވަނީ މެޗުގައި ރީނދޫ ކާޑުވެސް ދައްކާފައި
  • މެޗުގެ ފަހު މިނެޓުގައިވެސް އިންޑިއާއަށް ހުސް ފުރުސަތެއް ލިބި ބޭކާރުވި
  • ޗެތުރީ އޭރިއާ ތެރެއިން ޖައްސާލި ބޯޅަ ބޯޝް ހުސްކޮށް އޮވެ ފޮނުވާލި ނަމަވެސް ދިޔައީ މަތިން ބޭރަށް
08 Oct 04:03

މެޗުގެ ކުޅުން ނިންމާލައިފި. އިންޑިއާ އާއި ލަންކާގެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން. ލަންކާ ތިން މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗުން ވަނީ ބަލިވެފައި. އަދި މިއަދުގެ ޕޮއިންޓަކީ އެޓީމަށް ލިބުނު ފުރަތަމަ ޕޮއިންޓް. އިންޑިއާ އިން ކުޅުނު ފުރަތަމަ މެޗުގައި ބަންގުލަދޭޝް އަތުން ވެސް އެއްވަރުވެފައިވުމުން، އެޓީމަށް ވަނީ ފައިނަލަށް ދިއުމަށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަށް މަޖުބޫރުވެފައި.

08 Oct 03:59

'90+7 - އިންޑިއާއަށް ފުރުސަތެއް. ރާހުލް ބޭކޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ސަހަލް އަބްދުއްސަމަދު ފޮނުވާލި ހަމަލާ، ލަންކާގެ ކީޕަރު ސުޖަން ވަނީ ފަސޭހަކަމާއެކު ހޯދާފައި. އެ ބޯޅައިގައި ބާރެއް ނެތް.

08 Oct 03:56

'90+6 - ސުޖަންއަށް ފަރުވާދިނުމަށްފަހު އަލުން ކުޅުން ފަށައިފި.

08 Oct 03:55

'90+4 - ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ލަންކާގެ ކީޕަރު ސުޖަންއަށް އަނިޔާވެއްޖެ. ކުޅުން މެދުކެނޑިފައި.

08 Oct 03:54

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކީ އަށް މިނެޓު. ނަމަވެސް އަނިޔާވެގެން މެޗުގެ ކުޅުން މެދުކަނޑާލީ ހަމައެކަނި ލަންކާގެ ޑިފެންޑަރު ޑަކްސަންއަށް ފަރުވާދިނުމަށް. އޭރު ފަރުވާދިނުމަށްފަހު މާ ގިނައިރުތަކެއް ނުވެ، ރެފްރީ ވަނީ ކުޅުން ފަށާފައި.

08 Oct 03:52

'89 - އިންޑިއާއަށް ހުސް ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރެއިން ޗެތުރީ ބޮލުން ފޮނުވާލި ބޯޅަ، ގޯލު ކުރިމަތިން ސުބާޝިޝް ބޯސް ގޯލަށް ފޮނުވާލަން ޖެހި ނަމަވެސް އެ ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށް.

08 Oct 03:38
08 Oct 03:38

މި މުބާރާތުގައި އިންޑިއާގެ ކުޅުން ދަށްކަން ފާހަގަކޮށްލެވޭ. އިންޑިއާއަކީ ކޮންމެ ސާފް ޗެމްޕިއަންޝިޕެއްގައި ވެސް ފޭވަރިޓް ޓީމެއްގެ ގޮތުގައި. އޭގެ އިތުރުން ހަތް ފަހަރުގެ ޗެމްޕިއަން އިންޑިއާއަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު.

08 Oct 03:36
08 Oct 03:33

'72 - އިންޑިއާގެ ފަރުކް ލަންކާގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް، ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށް. ރެފްރީ ނިންމީ އޭގެ ކުރިން ؛ލަންކާގެ ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާގެ ސުބާޝިޝް ބޯސް ފައުލްކޮށްފައިވާ ކަމަށް.

08 Oct 03:30

'70 - އިންޑިއާގެ ކޯޗަށް ރީނދޫ ކާޑެއް.

08 Oct 03:29

'68 - އިންޑިއާގެ ކެޕްޓަން ޗެތުރީ ދުރުން ފޮނުވާލި ހަމަލާ، ލަންކާގެ ޑިފެންޑަރު ޑަކްސަން ބްލޮކްކޮށްފި.

08 Oct 03:23

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާކުރަމުން އަންނަނީ އިންޑިއާ އިން. ލަންކާއަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ އިރު، ލަނޑު ޖަހާނެ ފުރުސަތެއް ވެސް ތަނަވަސްކުރެވިފައެއް ނުވޭ. ނަމަވެސް ލަންކާ އިން އަންނަނީ ވަރަށް ރަނގަޅަށް ޑިފެންސް ކުރަމުން.

08 Oct 03:22

'60 - އިންޑިއާއަށް ރަނގަޅު ފުރުސަތެއް. މަންދަރު ރާއޯ ނަގައިދިން ހުރަސް ގޯލު ހުރަސްކޮށް ބޭރަށް. އަނިރުދް ތާޕާ އެ ބޯޅައަށް މަސައްކަތްކުރި ނަމަވެސް، އޭނާގެ ފަޔަށް އެ ބޯޅަ އަރާ ގޮތެއް ނުވި.

08 Oct 03:20

'58 - ޕެނަލްޓީ އޭރިއާ ތެރެއިން އުދަންތާއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ބޯޅަ ގޯލަށް ފޮނުވާލުމުގެ ބަދަލުގައި އޭނާ ނަގައިދިނީ ހުރަހެއް. އެ ހުރަސް، އިންޑިއާގެ ކުޅުންތެރިޔަކަށް ލިބުމުގެ ކުރިން ލަންކާގެ ކީޕަރު ސުޖަން ވަނީ އެ ބޯޅަ ހޯދާފައި.

08 Oct 03:15

'54 - އިންޑިއާގެ ކެޕްޓަން ޗެތުރީއަށް ރަނގަޅު ފުރުސަތެއް. ޔާސިރު ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ޗެތުރީ ބޮލުން ފޮނުވާލި ހަމަލާ، ލަންކާގެ ކީޕަރު ސުޖަން ވަނީ މަތަކޮށްފައި. ޗެތުރީއަށް އެ ބޯޅަ ރަނގަޅަށް ފޮނުވައިލެވިފައެއް ނުވޭ.

08 Oct 03:10

'49 - އިންޑިއާއަށް ފުރުސަތެއް. ލޮސްޓަން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން އުދަންތާ ފޮނުވާލި ހަމަލާ، ލަންކާގެ ކީޕަރު ސުޖަން ވަނީ މަތަކޮށްފައި. ކީޕަރު ސުޖަން ހުރީ އެ ބޯޅައަށް ވަރަށް ވިސްނައިގެން.

08 Oct 03:07

އިންޑިއާ އިން ދެވަނަ ހާފަށް ނުކުތީ ބަދަލަކާއެކު. ސުރޭޝްގެ ބަދަލުގައި ކުޅެން ނުކުތީ ޔާސިރު މުހައްމަދު.

08 Oct 03:06

ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ލަންކާއިން.

08 Oct 02:54
08 Oct 02:50

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • މެޗުގެ ފުރަތަމަ ކޮންޓްރޯލުކޮށް ޑޮމިނޭޓް ކުރީ އިންޑިއާ
  • އެޓީމުން ބޯޅަ ހިފެހެއްޓި ނަމަވެސް ހަމަލާތައް އުފެއްދިފައެއް ނުވޭ
  • ލަންކާއިން ވަރަށް ބޮޑަށް ފަހަތަށް ޖެހި ރަނގަޅަށް ޑިފެންސް ކުރި
  • އިންޑިއާއިން އަރިމަތިން ހުރަސްތައް ޖަހައިގެން ކުޅުނު ނަމަވެސް ލަންކާގެ ގޯލަށް ނުރައްކަލެއް ނުކުރެވޭ
  • އިންޑިއާގެ ގިނަ ހުރަސްތަކަށް ލަންކާ ގޯލްކީޕަރު ސުޖަން އަރައި ދިފާއުކުރި
08 Oct 02:50

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

08 Oct 02:46

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

08 Oct 02:46

'45 - އިންޑިއާގެ ސުބާޝިސް ބޯސްގެ ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށް.

08 Oct 02:42

އިންޑިއާއިން ކޮންޓްރޯލުކޮށް ކުޅެމުންދާ ނަމަވެސް އަދިވެސް ލަންކާ ގޯލްކީޕަރު ސުޖަން ޓެސްޓުކޮށްލެވޭ ވަރުގަދަ ހަމަލާއެއް އުފެއްދިފައެއް ނުވޭ.

08 Oct 02:41

މުހިއްމު ތަފާސް ހިސާބުތައް:

އިންޑިއާ އާއި ސްރިލަންކާ މިހާތަނަށް 16 ފަހަރު ބައްދަލުކޮށްފައިވޭ. އޭގެ ތެރެއިން އިންޑިއާ ވަނީ ނުވަ މެޗު ކާމިޔާބުކޮށްފައި. ލަންކާ މޮޅުވެފައިވަނީ ތިން މެޗުން. ހަތަރު މެޗު ނިމުނީ އެއްވަރު ވެގެން. އިންޑިއާ އަތުން ލަންކާ އެންމެ ފަހުން މޮޅުވީ 2000 ވަނަ އަހަރު ދިވެހިރާއްޖޭގައި އޮތް ގޯލްޑަން ޖުބުލީ މުބާރާތުގައި. މި ދެޓީމު އެންމެ ފަހުން ވާދަކުރީ 2018 ވަނަ އަހަރު ބަންގުލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި. އެ މެޗު އިންޑިއާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން.

08 Oct 02:31

29' - އުދަންތާ ސިންހުގެ ބާރު ހަމަލާއެއް. އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ މާ ބޮޑަށްވެސް މަތިން ބޭރަށް.

08 Oct 02:30

22' - އިންޑިއާއަށް ފުރުސަތެއް. އަރިމަތިން ސެރިޓޮން ނަގައިދިން ހުރަސް އޭރިއާ ތެރޭގައި ހުސްކޮށް އޮތް ލިސްޓޮންއަށް ލިބުނު ނަމަވެސް އޭނާއަށް ރަނގަޅަށް ފޮނުވާ ނުލެވުނު.

08 Oct 02:25

މެޗުގެ ފުރަތަމަ 20 ވަރަކަށް މިނެޓު ނިމިގެން ދިޔަ އިރު، އިންޑިއާއިން ވަނީ 80 ޕަސެންޓް ޕޮސެޝަން ހިފަހައްޓާފައި. އެޓީމުން ގިނަ ވަގުތު ބޯޅަ ހިފެހެއްޓި ނަމަވެސް އަދި މާ ބޮޑު ނުރައްކަލެއް ފެނިފައެއް ނުވޭ.

08 Oct 02:14

8' - އަރިމަތިން ކަވިންދޫ އިޝާން ނަގައިދިން ހުރަސް ވަސީމް ރަޒީކް އޭރިއާ ތެރެއިން ބޯޅަ ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތިން ބޭރަށް.

08 Oct 02:05

'5 އުދަންތާއަށް ކުރި ފައުލަކާ ގުޅިގެން ލަންކާގެ އަސީކުރް ރަހުމާނަށް ރީނދޫ ކާޑެއް.

08 Oct 02:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ އިންޑިއާ އިން.

08 Oct 01:59

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ހަތަރުވަނަ މެޗުގައި އިންޑިއާއާއި ސްރީ ލަންކާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

އިންޑިއާއަކީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު. އިންޑިއާއިން ވަނީ މިހާތަނަށް ހަތް ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައި. އިންޑިއާއަށް މިއަހަރުގެ މުބާރާތުގެ ފެށުން އެންމެ ރަނގަޅެއް ނޫން. ފުރަތަމަ މެޗުގައި ބަންގުލަދޭޝާ އެއްވަރުވީ 1-1 އިން. އެ މެޗުގެ ފަހު ހާފު އެއްކޮށް ކަހަލަ ގޮތަކަށް ބަންގުލަދޭޝް ކުޅުނީ ކުޅުންތެރިޔަކު މަދުކޮށް. އަނެއްކޮޅުން ނުކުންނަ ލަންކާއަށް އަދި މުބާރާތުގައި މޮޅެއް ހޯދިފައެއް ނުވޭ. މިހާތަނަށް ކުޅުނު ދެ މެޗުންވެސް އެޓީމު ބަލިވެފައިވާ އިރު، އެންމެފަހުން ކުޅުނު މެޗުގައި ނޭޕާލް އަތުން ބަލިވީ 3-2ގެ ނަތީޖާއަކުން.

ކޯޗުންނަށް ނަޒަރެއް

އިންޑިއާ - އީގޯ ސްޓިމަކް
  • ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ކޯޗެއް
  • ސްޓިމަކް ވަނީ ކްރޮއޭޝިއާ ގައުމީ ޓީމަށް 1990 ވަނަ އަހަރުން 2002 ވަނަ އަހަރާ ހަމައަށް 53 މެޗު ކުޅެދީފައި
  • ސްޓިމަކް ވަނީ 2012 ވަނަ އަހަރުން 2013 ވަނަ އަހަރަށް ކްރޮއޭޝިއާ ގައުމީ ޓީމުގެ ކޯޗުކަންވެސް ކޮށްފައި
  • ކްރޮއޭޝިއާ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ އިތުރުން ގަތަރުގެ ކްލަބަކާއި އިރާނުގެ ކްލަބަކަށްވެސް ސްޓިމަކް މީގެ ކުރިން ކޯޗުކަން ކޮށްދިން
ސްރީ ލަންކާ - އަމީރް އަލަގިޗް
  • އުމުރުން 61 އަހަރުގެ އާމިރަކީ ބޮސްނިއާގެ ކޯޗެއް
  • ކްލަބުތަކުގެ ކޯޗުކަމުގައި އާމިރު ވަނީ ގިނަ ތަޖުރިބާތަކެއް ކޮށްފައި
  • އާމިރު ވަނީ ބުރުނާއީގެ ގައުމީ ޓީމަށާއި ލީބިއާގެ ޒުވާން ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދީފައި
  • އޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ފުރަތަމަ ޑިވިޝަންގެ ރިޔާދާއި އިންޑިއާގެ އީސްޓް ބެންގާލްއަށް އާމިރު ކޯޗުކަން ކޮށްދިން
  • އާމިރު ވަނީ މަދު ދުވަސް ކޮޅަކަށް ރާއްޖޭގެ ނިއު ރޭޑިއަންޓަށްވެސް ކޯޗުކަން ކޮށްދީފައި
  • އާމިރު ސްރީ ލަންކާގެ ފުޓުބޯޅައާ ގުޅުނީ މިދިޔަ އަހަރު، އޭނާއަކީ މިހާރުވެސް ކޯޗުގެ އިތުރުން ޓެކްނިކަލް ޑިރެކްޓަރު