ސާފް ޗެމްޕިއަންޝިޕް

ރާއްޖެ 0-1 ނޭޕާލް

02 Oct 09:00

މެޗުގެ އުސްއަލިތައް:

  • ރާއްޖެއިން މެޗު ފެށީ ރަނގަޅު ޓެމްޕޯއެއްގައި.
  • ފުރަތަމަ ކޮޅުގައި ދަގަނޑޭއާއި ހަމްޕުގެ ނުރައްކާތެރި ދެ ހަމަލާއެއް ފެނުނު.
  • ހާފުގައި ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔަ ރާއްޖޭގެ އިތުރު ހަމަލާތައްވެސް ފެނުނު.
  • ސެންޓޭ ދުރުން ފޮނުވާލި ބާރު ހަމަލާގެ އިތުރުން ދަގަނޑޭއަށް ލިބުނު އިތުރު ފުރުސަތެއް ފާހަގަވި.
  • އޭގެ ފަހުންވެސް ދަގަނޑޭގެ ނުރައްކާތެރި ހަމަލާއެއް ކިރަން އަތަށް އަމާޒުވި.
  • ފުރަތަމަ ހާފު ކޮންޓްރޯލުކޮށް ކުޅުނު ރާއްޖޭގެ ޓީމަށް މަދުވީ ގޯލެއް.
  • މެޗުގެ ދެވަނަ ހާފުގައި ނޭޕާލުން ވަނީ އެޓޭކު ވަރުގަދަކޮށް، ރާއްޖޭގެ ގޯލަށް ނުރައްކާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި.
  • ދެވަނަ ހާފުގައި ރާއްޖެއިން ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ހޯދާފައި، ހާއްސަކޮށް ދާދު ކުޅެން ނުކުމެ ތަނަވަސްކުރި ފުރުސަތުތައް ފާހަގަކޮށްލެވޭ.
  • މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ކައުންޓާ އެޓޭކެއްގައި ނޭޕާލަށް ލީޑު ހޯދައިދިނީ މަނީޝް ޑަންގީ.
  • މިއީ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލުން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރު.
02 Oct 08:55

މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ރާއްޖެ އަތުން ނޭޕާލަށް މޮޅެއް ހޯދުނު ފުރަތަމަ ފަހަރު.

02 Oct 08:55
02 Oct 08:52

މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ނޭޕާލް ކުރީގައި އޮވެގެން.

02 Oct 08:49

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓުގެ ކުޅުން ދައްކައިފި.

02 Oct 08:45

ނޭޕާލުން ކައުންޓާ އެޓޭކެއްގައި ކުރިއަށް ޖެހުނު އިރު، ރާއްޖޭގެ އެންމެ ފަހަތުން ކުޅޭ ކެޕްޓަން އަކޫ އާއި ސަމޫހު ވެސް ހުރީ ވަރަށް ކުރިއަށް ޖެހިގެން. ނޭޕާލުން ވަނީ ރާއްޖެ އަތުން ގެއްލުނު ބޯޅައިގެ ބޭނުން ވަރަށް ރަނގަޅަށް ހިފާފައި.

02 Oct 08:44

'86 - ނޭޕާލުން ލީޑު ހޯދައިފި. ކައުންޓާ އެޓޭކެއްގައި ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ހަމަލާއަކުން ނޭޕާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް މަނީޝް ޑަންގީ. އޭނާ އެ ބޯޅަ ފޮނުވާލީ ރާއްޖޭގެ ގޯލުގެ ތިރީ ކަނަކަށް.

02 Oct 08:37

'80 - ރާއްޖެއަށް އިތުރު ފުރުސަތެއް. ނޭޕާލުގެ ޑިފެންޑަރެއް ކައިރިން ދާދު ނައްޓާލި ނަމަވެސް، ކީޕަރު ކިރަން ވަނީ ކުރިއަށް ނުކުމެ އެ ބޯޅަ ހޯދާފައި.

02 Oct 08:36

'78 - ދާދުގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ދާދު ފޮނުވާލި ބާރު ހަމަލާ ދިޔައީ ނޭޕާލު ގޯލުގެ ހުރަސް ދަނޑީގެ ކުޑަތަންކޮޅެއް މަތިން ބޭރަށް.

02 Oct 08:34

'76 - ރާއްޖެއަށް ހުސް ފުރުސަތެއް. ހަމްޕު ދިން ބޯޅައަކުން ސެންޓޭ ފޮނުވާލި ހަމަލާ ކީޕަރު ކިރަން މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ދަގަނޑޭ ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ. ދަގަނޑޭއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށް.

02 Oct 08:31

'74 - ނޭޕާލުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސުމަން ފޮނުވާލި ހަމަލާ، އަކޫގެ ފައިގައި ޖެހުމާއެކު ކީޕަރު ފައިސަލް ވަނީ ހޯދާފައި.

02 Oct 08:28

ދަގަނޑޭ ފޮނުވާލި ހިލޭ ޖެހުން ނޭޕާލުގެ ކީޕަރު ކިރަން ވަނީ މަތަކޮށްފައި.

02 Oct 08:27

'70 - ސެންޓޭއަށް ކުރި ފައުލަކާ ގުޅިގެން ނޭޕާލުގެ ގޯތަމްއަށް ރީނދޫ ކާޑެއް.

02 Oct 08:24

'68 - ނޭޕާލުގެ ޕުޖަންއަށް ކުރި ފައުލަކާ ގުޅިގެން އަޑޭއަށް ރީނދޫ ކާޑެއް.

02 Oct 08:24

'67 - ނޭޕާލުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ހަމްޕު ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެއަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި.

02 Oct 08:22

'65 - ނޭޕާލުގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އަންޖަން ފޮނުވާލި ހަމަލާ، ކީޕަރު ފައިސަލް ވަނީ ފަސޭހަކަމާއެކު މަތަކޮށްފައި. އެ ބޯޅައިގައި ބާރެއް ނެތް.

02 Oct 08:17

'60 - ރާއްޖޭގެ ނުރައްކާތެރި ހަމަލާއެއް. ސެންޓޭ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ސަމޫހު ބޮލުން ފޮނުވާލި ހަމަލާ، ނޭޕާލުގެ ކީޕަރު ކިރަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.

02 Oct 08:15

'58 - ހަމްޕުއަށް ނޭޕާލުގެ ތޭޖް ތަމަންގް ކުރި ފައުލަކާ ގުޅިގެން ނޭޕާލުގެ ހާފުގެ ތެރެއިން ރާއްޖެއަށް ހިލޭ ޖެހުމެއް.

02 Oct 08:14

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ނޭޕާލުގެ ކުޅުން ރަނގަޅު. ނޭޕާލުން އަންނަނީ އެޓޭކުކޮށް، ރާއްޖޭގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރަމުން.

02 Oct 08:09

'52 - ނޭޕާލުގެ ސުމަންއަށް ރާއްޖޭގެ ޑިފެންޑަރު ސިފާއު ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް.

02 Oct 08:07

'49 - ނޭޕާލުގެ ސުޖަލް ފޮނުވާލި ބޯޅަ، އުނދަގޫކަމެއް ނެތި ރާއްޖޭގެ ކީޕަރު ފައިސަލް ހޯދައިފި.

02 Oct 08:05

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

02 Oct 07:48

ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ރާއްޖެއިން މެޗު ފެށީ ރަނގަޅު ޓެމްޕޯއެއްގައި
  • ފުރަތަމަ ކޮޅުގައި ދަގަނޑޭއާއި ހަމްޕުގެ ނުރައްކާތެރި ދެ ހަމަލާއެއް ފެނުނު
  • ހާފުގައި ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުން ދިޔަ ރާއްޖޭގެ އިތުރު ހަމަލާތައްވެސް ފެނުނު
  • ސެންޓޭ ދުރުން ފޮނުވާލި ބާރު ހަމަލާގެ އިތުރުން ދަގަނޑޭއަށް ލިބުނު އިތުރު ފުރުސަތެއް ފާހަގަވި
  • އޭގެ ފަހުންވެސް ދަގަނޑޭގެ ނުރައްކާތެރި ހަމަލާއެއް ކިރަން އަތަށް އަމާޒުވި
  • ފުރަތަމަ ހާފު ކޮންޓްރޯލްކޮށް ކުޅުނު ރާއްޖޭގެ ޓީމަށް މަދުވީ ގޯލެއް
02 Oct 07:46

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

02 Oct 07:46

'45+1 - ނޭޕާލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭ ފޮނުވާލި ބާރު ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވި.

02 Oct 07:45

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި އެއް މިނެޓުގެ ކުޅުން ދައްކައިފި.

02 Oct 07:44
02 Oct 07:43

'43 - ރާއްޖެއިން އަދިވެސް އަންނަނީ ނޭޕާލުގެ ގޯލަށް ނުރައްކާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ނޭޕާލުން ކުޅެނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން.

02 Oct 07:40
02 Oct 07:34

'33 - ދަގަނޑޭގެ ހަމަލާއެއް. ނޭޕާލުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ބޭރުން ދަގަނޑޭ ފޮނުވާލި ހަމަލާ އަމާޒުވީ ކީޕަރު ކިރަންއާ ދިމާއަށް. ދަގަނޑޭ ކައްސާލުމުން އެ ބޯޅަ ރަނގަޅަށް ފޮނުވައިލެވިފައެއް ނުވޭ.

02 Oct 07:27

'27 - ރާއްޖެއަށް ރަނގަޅު ފުރުސަތެއް. ސިފާއު ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ސެންޓޭ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

02 Oct 07:26

މެޗު ފެށުނީއްސުރެ ރާއްޖެއިން އެޓޭކު ކުރަމުން އަންނަ އިރު، ނޭޕާލުން ފެންނަނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅޭ ތަން. ނަމަވެސް ރާއްޖެއިން އަންނަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަމުން.

02 Oct 07:24

'23 - ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭ، ހުސްކޮށް ހުރި ސެންޓޭއަށް ބޯޅަ ޖައްސާލި ނަމަވެސް އެ ބޯޅަ ޖައްސާލެވުނީ މާ ބާރަށް.

02 Oct 07:19

'19 - ރާއްޖެއަށް ރަނގަޅު ފުރުސަތެއް. ދަގަނޑޭ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ސެންޓޭ ފޮނުވާލި ހަމަލާގައި ބާރެއް ނެތް. އެ ބޯޅަ ނޭޕާލުގެ ކީޕަރު ކިރަން ވަނީ ފަސޭހަކަމާއެކު ހޯދާފައި.

02 Oct 07:16

ސެންޓޭ ފޮނުވާލި ދެވަނަ ހިލޭ ޖެހުން ވެސް ގޯލާ އަމާޒު ނުވެ ބޭރަށް.

02 Oct 07:16

'16 - ދަގަނޑޭ ނައްޓާލުމާއެކު ނޭޕާލުގެ ޑިފެންޑަރު ދިނޭޝް ދަގަނޑޭގެ ޖާޒީގައި ހިފެހެއްޓުމުން އޭނާއަށް ރީނދޫ ކާޑެއް ދައްކައި، ރާއްޖެއަށް ހިލޭ ޖެހުމެއް.

02 Oct 07:14
02 Oct 07:10

'11 - ނޭޕާލުގެ ހަމަލާއެއް. ސުޖަލް ދުރުން ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ފައިސަލް މަތަކުރީ ފަސޭހަކަމާއެކު މެއިން.

02 Oct 07:07

'7 - ރާއްޖޭގެ އިތުރު ނުރައްކަލެއް. ހަމްޕު ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭ ޖައްސާލުމުން ނޭޕާލުގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ދިފާއުކޮށްފައި.

02 Oct 07:06

'6 - ރާއްޖެއަށް ރަނގަޅު ފުރުސަތެއް. ހަމްޕު ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ދަގަނޑޭ ފޮނުވާލި ބޯޅަ ކީޕަރު އަތުގައި ޖެހި ވަނީ ނުކުމެފައި. ރީބައުންސް ބޯޅަ، ހަމްޕުއަށް ލިބުނު ނަމަވެސް ނޭޕާލްގެ ޑިފެންޑަރުން ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައި.

02 Oct 07:05

'5 - ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ސަމޫހަށް ނަވަޔުގް ޝްރެސްތާ ކުރި ފައުލަކާ ގުޅިގެން އަމިއްލަ އޭރިއާ ތެރެއިން ރާއްޖެއަށް ހިލޭ ޖެހުމެއް.

02 Oct 07:01

'2 - ދަގަނޑޭއަށް ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް. ސެންޓޭ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

02 Oct 07:01

މި މެޗު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދަނޑަށް ވަޑައިގެންފައި.

02 Oct 07:00

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ނޭޕާލުން.

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ދެވަނަ މެޗުގައި ދިވެހިރާއްޖެއާއި ނޭޕާލް ވާދަކުރާ މެޗުގެ ލައިވްއަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ސާފް ޗެމްޕިއަންޝިޕުގެ 13 ވަނަ މުބާރާތް. މިއަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރާއިރު، މިއީ ރާއްޖޭގައި ފުލީ ހޯސްޓް ކުރާ ފުރަތަމަ މުބާރާތް. މުބާރާތް ފުރަތަމަ ބާއްވާ ގޮތަށް އޮތީ ބަންގްލަދޭޝްގައި ނަމަވެސް މިފަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރަން ނިންމީ ބަންގުލަދޭޝްގެ ކޮވިޑު ހާލަތު އޮތް ގޮތުން.

ރާއްޖެއިން މީގެ ކުރިން ދެފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ނޭޕާލަށް އަދި މިހާތަނަށް މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވޭ. ރާއްޖެއިން މިހާތަނަށް މުބާރާތް ކާމިޔާބުކުރީ 2008 ވަނަ އަހަރު އަދި 2018 ވަނަ އަހަރު. އެންމެފަހުން 2018 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި މުބާރާތް ރާއްޖެއިން ކާމިޔާބުކުރީ ފައިނަލުގައި އިންޑިއާ ބަލިކޮށްގެން. މިފަހަރު ރާއްޖެއިން ނުކުންނަނީ ތަށި ދިފާއުކުރަން.

ލެޖެންޑުންގެ ކުރިމަތިލުމެއް

ރާއްޖެ - އަލީ އަޝްފާގު

އަލީ އަޝްފާގު (ދަގަނޑޭ)އަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ ކުޅަދާނެ އަދި އެންމެ މޮޅު ކުޅުންތެރިޔާ. ދަގަނޑޭއަކީ މި ސަރަހައްދީ ފުޓުބޯޅައިގެވެސް ލެޖެންޑެއް. ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕަށްވެސް ދަގަނޑޭއަކީ އާ މޫނެއް ނޫން. އޭނާއަކީ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ. މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައި 20 ގޯލު ދަގަނޑޭ ޖަހާފައިވާ އިރު، އެންމެ ގާތުން ވާދަކުރާ ސުނިލް ޗެތުރީއަށް ޖެހިފައި ވަނީ 13 ގޯލު. ލެޖެންޑަރީ ދަގަނޑޭގެ ކެރިއަރުގެ ފަހު ކޮޅަށް މިހާރު ވަނީ މިސްރާބު ޖަހައިފައި. އުމުރުން 36 އަހަރުގެ ދަގަނޑޭއަށް މިއީ އެންމެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވުން ގާތް.

ނޭޕާލް - ކިރަން ކުމާރު

ގައުމީ ޓީމަށް 70 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ކިރަންއަކީ ނޭޕާލްގެ އިތުބާރު ގޯލްކީޕަރެއް. ސަރަހައްދުގެ އެންމެ ވަރުގަދަ ލީގުތަކުގައި ކިރަން ކުޅެ، ތަޖުރިބާތައް ހޯދާފައިވާ އިރު، އޭނާއަކީ ގައުމީ ޓީމުގެ ކެޕްޓަން. ނޭޕާލްއިން ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބުކުރަން ނުކުންނަ އިރު، ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ ކިރަން. ކިރަންގެ އުމުރުން 31 އަހަރު ވެފައިވުމާއެކު އޭނާގެ ކެރިއަރުގެ ކާމިޔާބީތަކަށް ސާފް ޗެމްޕިއަންޝިޕެއް އިތުރު ކޮށްލުން ވެގެންދާނީ މައިގަނޑު ޓާގެޓަކަށް.