ސާފް ޗެމްޕިއަންޝިޕް

ބަންގުލަދޭޝް 1-0 ސްރީ ލަންކާ

02 Oct 04:10

މެޗުގެ އުސްއަލިތައް:

  • ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެއް.
  • ރަނގަޅު އެޓޭކުތަކެއް އުފައްދަން ދެޓީމަށްވެސް އުނދަގޫވި.
  • މެޗުގެ ފުރަތަމަ ހަމަލާ ފެނުނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި.
  • ބަންގުލަދޭޝްގެ ޔެސިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޓޮޕޫ ފޮނުވާލި ހަމަލާ ސުޖަން މަތަކުރި.
  • ދެވަނަ ހާފުގައި ލަންކާ އިން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ލަންކާގެ ޑިފެންޑަރު ޑަކްސަން ބޯޅައިގައި އޭނާއަށް ރަތް ކާޑެއް ދައްކައި، ރެފްރީ ވަނީ ބަންގުލަދޭޝްއަށް ޕެނަލްޓީއެއް ދީފައި.
  • މެޗުގެ 56 ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކޮށް، ބަންގުލަދޭޝްއަށް ލީޑު ހޯދައިދިނީ ޓޯޕޫ.
  • ލަންކާ އިން ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް، ބަންގުލަދޭޝްއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވޭ.
02 Oct 04:05

މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ބަންގުލަދޭޝް ކުރީގައި އޮވެގެން.

02 Oct 04:01

'90+2 - ބޯޅަ އަތުން ހިފައިގެން ޕެނަލްޓީ އޭރިއާ ބޭރަށް ލަންކާ ކީޕަރު ސުޖަން ޕެރޭރާ ނުކުތް ކަމަށް ބަލާފައި، ބަންގުލަދޭޝްއަށް ހިލޭ ޖެހުމެއް. ބަންގުލަދޭޝްގެ ހިލޭ ޖެހުން ލަންކާގެ ވޯލުގައި އެތުރި ތިބި ކުޅުންތެރިން ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

02 Oct 03:58

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓުގެ ކުޅުން ދައްކައިފި.

02 Oct 03:57

'90 - ބަންގުލަދޭޝްގެ ހަމަލާއެއް. ކޯނަރެއްގެ ތެރެއިން ޖައްސާލި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު މަހްބުބުރް ރަހުމަން ފޮނުވާލި ހަމަލާ، ލަންކާގެ ޑިފެންޑަރެއްގެ ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

02 Oct 03:53

'86 - ބަންގުލަދޭޝްގެ ސާދު ދުރުން ފޮނުވާލި ބާރު ހަމަލާ، ލަންކާގެ ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށް.

02 Oct 03:52

'85 - ބަންގުލަދޭޝްއަށް ހުސް ފުރުސަތެއް. ލަންކާގެ ޕެނަލްޓީ އޭރިއާ ތެރެއިން ހުސްކޮށް ހުރި ރާކިބްއަށް ރަނގަޅަށް އެ ބޯޅަ ފޮނުވައިލެވިފައެއް ނުވޭ.

02 Oct 03:45

'77 - ލަންކާއަށް ރަނގަޅު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރެއިން ވަސީމް ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ޑިފެންޑަރު ޓޮޕޫ ވަނީ ބްލޮކްކޮށްފައި.

02 Oct 03:32

'65 - ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ގޯލު ކުރިމައްޗަށް ބަންގުލަދޭޝްގެ ސާދު ބޯޅަ ހުރަސްކުރުމުގެ ކުރިން ލަންކާގެ ޑިފެންޑަރު ޗަމޮދު ދިފާއުކޮށްފި.

02 Oct 03:29
02 Oct 03:22

'56 - ބަންގުލަދޭޝް އިން ލީޑު ހޯދައިފި. ބަންގުލަދޭޝްގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޓޯޕޫ. އޭނާ ބޯޅަ އަމާޒުކޮށްލީ ލަންކާ ގޯލުގެ ތިރީ ކަނަކަށް.

02 Oct 03:21

'54 - ބަންގުލަދޭޝަށް ޕެނަލްޓީއެއް. އެ ޕެނަލްޓީ ލިބުނީ ލަންކާގެ ޕެނަލްޓީ އޭރިއާ ތެރެއިން ލަންކާގެ ޑިފެންޑަރު ޑަކްސަން ބޯޅައިގައި އަތްލުމުން. އޭނާއަށް ވަނީ ރަތް ކާޑެއް ވެސް ދައްކާފައި.

02 Oct 03:17

'50 - ލަންކާގެ ނުރައްކާތެރި ހަމަލާއެއް. އިޝާން ދުރުން ފޮނުވާލި ހަމަލާ ދިޔައީ ބަންގުލަދޭޝް ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

02 Oct 03:12

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.

02 Oct 02:54

މެޗުގެ ފުރަތަމަ ހާފުގެ އުސްއަލިތައް:

  • ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެއް
  • ރަނގަޅު އެޓޭކުތަކެއް އުފައްދަން ދެޓީމަށްވެސް އުނދަގޫވި
  • މެޗުގެ ފުރަތަމަ ހަމަލާ ފެނުނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި
  • ބަންގުލަދޭޝްގެ ޔެސިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޓޮޕޫ ފޮނުވާލި ހަމަލާ ސުޖަން މަތަކުރި
02 Oct 02:52
02 Oct 02:51

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.

02 Oct 02:50
02 Oct 02:49

'45+1 - ބަންގުލަދޭޝްގެ ނުރައްކާތެރި ހަމަލާއެއް. ޔެސިން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޓޮޕޫ ބޮލުން ފޮނުވާލި ހަމަލާ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައި. ސުޖަންއަކީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ކްލަބު އީގަލްސްގެ ގޯލު ބެލެހެއްޓި ކީޕަރެއް.

02 Oct 02:47

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

02 Oct 02:41

'39 - ބަންގުލަދޭޝަށް ފުރުސަތެއް. ރަކީބް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ޖުވެލް ރަނާއަށް ރަނގަޅަށް ބޯޅަ ފޮނުވައިލެވިފައެއް ނުވޭ. އެ ބޯޅަ ލަންކާގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައި.

02 Oct 02:39

'37 - ލަންކާގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ޗަލަނަ ޗަމީރާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށް.

02 Oct 02:37

'33 - ލަންކާއަށް ފުރުސަތެއް. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކަވިންދޫ އިޝާން ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ޑިފެންޑަރެއްގެ ގައިގައި ޖެހި ވަނީ ބްލޮކްވެފައި. އެ ބޯޅައިން ބަންގުލަދޭޝް ކައުންޓާ އެޓޭކެއް ކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެ މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވޭ.

02 Oct 02:34

މި މުބާރާތަށް ވަރުގަދަ ޓީމަކާ އެއްކޮށް ނުކުތް އެއް ޓީމަކީ ބަންގުލަދޭޝް. މި މެޗުގައި ލަންކާ އިން އަންނަނީ ބަންގުލަދޭޝް ހިފެހެއްޓުމަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުން.

02 Oct 02:31

ދެ ޓީމަށް ވެސް ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވައިލެވޭ ގޮތެއް ނުވޭ.

02 Oct 02:24

'20 - ބަންގުލަދޭޝް އިން ކައުންޓާ އެޓޭކެއްގައި ނުރައްކާކުރަން މަސައްކަތްކުރަނިކޮށް، ޓެކަލް ކުރުމަށްފަހު ލަންކާ ޑިފެންޑަރު ޑަކްސަން ވަނީ ސުމަންގެ ނުރައްކާ ހުއްޓުވާފައި.

02 Oct 02:22

'20 - ލަންކާގެ ހަމަލާއެއް. ހަރްޝާ ފެނާންޑޯ ދުރުން ފޮނުވާލި ހަމަލާ ދިޔައީ ބަންގުލަދޭޝްގެ ހުރަސްދަނޑި މަތިން ބޭރަށް.

02 Oct 02:19

'17 - ރާކިބް ނަގައިދިން ހުރަސް، ލަންކާގެ ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ކީޕަރު ސުޖަން އެ ބޯޅަ ހޯދައިފި.

02 Oct 02:18

'16 - ބަންގުލަދޭޝްގެ ޑިފެންޑަރު ޔެސިންއަށް ރީނދޫ ކާޑެއް.

02 Oct 02:14

ބަންގުލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޯންއަކީ މީގެ ކުރިން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކު ކާމިޔާބީތަކެއް ހޯދި ކޯޗެއް. ލަންކާގެ ކޯޗަކީ ވެސް ކުރިން ނިއުއަށް އިރުޝާދު ދިން ކޯޗެއް.

02 Oct 02:13

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން އަންނަނީ ބަންގުލަދޭޝް ޓީމުން.

02 Oct 02:11

'8 - ބަންގުލަދޭޝްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޓޮޕޫ ފޮނުވާލި ހަމަލާ، ލަންކާގެ ޑިފެންޑަރެއްގެ ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

02 Oct 02:11

'8 - ބަންގުލަދޭޝްގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރެއިން ޓޮޕޫ ފޮނުވާލި ހަމަލާ، ލަންކާގެ ޑިފެންޑަރެއްގެ ގައިގައި ޖެހި ވަނީ ބްލޮކްވެފައި.

02 Oct 02:09

މި މެޗަށް ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަންގުލަދޭޝްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައި.

02 Oct 02:03

މެޗުގެ ކުޅުން ފަށައިފި.

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފުރަތަމަ މެޗުގައި ސްރީ ލަންކާއާއި ބަންގްލަދޭޝް ވާދަކުރާ މެޗުގެ ލައިވްއަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މިއީ ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ މުބާރާތް. މިއަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރާއިރު، މިއީ ރާއްޖޭގައި ފުލީ ހޯސްޓް ކުރާ ފުރަތަމަ މުބާރާތް. މުބާރާތް ފުރަތަމަ ބާއްވާ ގޮތަށް އޮތީ ބަންގްލަދޭޝްގައި ނަމަވެސް މިފަހަރުގެ މުބާރާތް ރާއްޖޭގައި ހޯސްޓް ކުރަން ނިންމީ ބަންގްލަދޭޝްގެ ކޮވިޑް ހާލަތު އޮތް ގޮތުން.

ބަންގްލަދޭޝްއާއި ލަންކާއިންވެސް މީގެ ކުރިން މުބާރާތް ކާމިޔާބު ކޮށްފައި ވަނީ އެއް ފަހަރު. ލަންކާއިން 1995 ވަނަ އަހަރު މުބާރާތުގެ ރަން މެޑަލް ހޯދާފައިވާ އިރު، ބަންގްލަދޭޝްއިން މުބާރާތް ކާމިޔާބު ކުރީ 2003 ވަނަ އަހަރު. ލަންކާއިން 1993 ވަނަ އަހަރު ފައިނަލުގައި ކުޅެފައިވާ އިރު، ބަންގްލަދޭޝްއިން ވަނީ މީގެ ކުރިން 1992 ވަނަ އަހަރުވެސް ފައިނަލުގައި ކުޅެފައި.

މުހިއްމު ދެ ކެޕްޓަނުން

ބަންގްލަދޭޝް - ޖަމާލް ބުޔާން

ބަންގްލަދޭޝްގެ ގައުމީ ޓީމުގެ ކެޕްޓަން ޖަމާލް ބުޔާންއަކީ ޑެންމާކަށް އުފަން ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިއެއް. ކެރިއަރުގެ ކުރީކޮޅުގައި ޑެންމާކުގެ ކްލަބުތަކަށްވެސް ޖަމާލް ކުޅެފައިވާ އިރު، ބަންގްލަދޭޝްގެ ކްލަބުތަކަށް އޭނާ ކުޅެން ފެށީ 2014 ވަނަ އަހަރު. މިހާރު އޭނާއަކީ ގައުމީ ޓީމުގެ އިތުރުން ސައިފް ސްޕޯޓިން ކްލަބުގެވެސް ކެޕްޓަން. ޖަމާލް ވަނީ ގައުމީ ޓީމަށް 50 އަށްވުރެ ގިނަ މެޗު ކުޅެދީފައި.

ސްރީ ލަންކާ - ސުޖަން ޕެރޭރާ

ލަންކާގެ ކެޕްޓަން ސުޖަން ޕެރޭރާއަކީ ރާއްޖޭގެ ފުޓުބޯޅައަށްވެސް ފަރިތަ ނަމެއް. އުމުރުން 29 އަހަރުގެ ސުޖަން ކެރިއަރު ފެށީ ލަންކާ ކްލަބަކުން ނަމަވެސް އުމުރުން 22 އަހަރުގައި ރާއްޖޭގެ އީގަލްސްއަށް އޭނާ ގެނައި. އެ ކްލަބާއެކު ހަ އަހަރު ހޭދަކުރި ސުޖަން ވަނީ 2016 ވަނަ އަހަރު ޕްރެސިޑެންޓް ކަޕްވެސް ކާމިޔާބު ކޮށްފައި. ސުޖަންއަކީ 2016 ވަނަ އަހަރު ރާއްޖޭގައި ކުޅުނު އެންމެ މޮޅު ގޯލްކީޕަރު މަގާމުވެސް ހޯދި ކުޅުންތެރިޔާ. އޭނާ ކްލަބު އީގަލްސް ދޫކޮށް، މިދިޔަ އަހަރު ލަންކާ ލީގަށް ބަދަލުވީ އަމިއްލަ އާއިލީ ކަންކަމަށް ވަގުތު ހުސްކުރުމަށް.