ރީކޯ މޫސާ މަނިކް

ބިދޭސީން ފިލުވައިގެން ގެންގުޅޭ މީހުންނަށް ފިޔަވަޅު ނާޅައި އެކަމެއް ނުހުއްޓުވޭނެ: ރީކޯ މޫސަ

ޝަހީދާ އަބްދުﷲ ސައީދު

1

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފިލުވައިގެން ގެންގުޅޭ މީހުންނާ މެދު ފިޔަވަޅު ނާޅައި، އެކަން ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 80 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލަ ފާހަގަކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

މޫސަ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުންނަށް ފިޔަވަޅު އަޅުއްވާއިރު، އެފަދަ މީހުން ފިލުވައިގެން ގެންގުޅޭ ބަޔަކު ހޯދައި ގާނޫނީ ފިޔަވަޅު ނާޅާނަމަ އެކަން ނުހުއްޓުވޭނެ ކަމަށެވެ.

އިއްޔެ ކުރިއަށްދިޔަ އޮޕަރޭޝަނުގައި ޒިކުރާ މިސްކިތް ސަރަހައްދުން ފެށިގެން މާވެޔޮމަގާއި އެ މަގާ ގުޅިފައިވާ ސަރަހައްދުތަކުގައި ތިބި ބިދޭސީންނާއި މާފަންނު ގަޑިބުރު ސަރަހައްދުގައި ތިބި ބިދޭސީންގެ ތެރެއިން ސައްހަ ލިޔެކިއުމެއް ނެތް 80 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އަދި އެ ފަރާތްތައް ރާއްޖެއަށް ގެނައުމުގައި މެދުވެރިވި ފަރާތްތަކުގެ އިހުމާލެއް ވާނަމަ، އިމިގްރޭޝަން ގާނޫނު ތަންދޭ އެންމެ ފުޅާ މިނެއްގައި އެ ފަދަ ފަރާތްތަކާ މެދުވެސް ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟