ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް(އެޗްއާރުސީއެމް) އިން މާފުށީ ޖަލަށް ޒިޔާރަތްކޮށްފިއެވެ.
އެކޮމިޝަނުން މިއަދުކުރި ޓުވީޓެއްގައި ބުނެފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އެކޮމިޝަނުން މިއަދު ޖަލަށް ޒިޔާރަތްކޮށްފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެންކަމެއް ހާމައެއް ނުކުރެއެވެ.
އެކޮމިޝަނުން މާފުށީ ޖަލަށް މިއަދު ޒިޔާރަތްކުރިއިރު، އިއްޔެވަނީ ތިލަފުށީގައި ހުންނަ އަހުލުވެރި މަރުކަޒަށް ޒިޔާރަތްކޮށް، އެތަނުގައި ތިބޭ ގައިދީންނާ މެދު އަމަލުކުރަމުންދާ އުސޫލުތަކާއި ގައިދީންގެ ހާލު ދެނެގަތުމުގެ އިތުރުން މަރުކަޒުގެ އާންމު ހާލަތު ދެނެގަނެގައެވެ.