އެމްޓީޑީސީ

އެމްޓީޑީސީގެ ޗެއާމަން ކަމަށް ބޭފުޅަކާއި ބޯޑަށް ދެ ބޭފުޅުން އައްޔަން ކުރައްވައިފި

އެމްޓީޑީސީގެ ޗެއާމަން ކަމަށް ބޭފުޅަކާއި ބޯޑަށް ތިން މެންބަރުން އައްޔަން ކުރައްވައިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ)ން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އެމްޓީޑީސީގެ ޗެއާމަން އަކަށް އައްޔަން ކުރެއްވީ މއ. ދޭލިޔާގޭ އަބްދުﷲ ފާއިޒް އެވެ.

ޕީސީބީގެ ޓުވީޓުގައި ބުނެފައިވާ ގޮތުގައި އެމްޓީޑީސީގެ ބޯޑަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ ހ. މާރިކިލް، މުހައްމަދު ފާތިހު އާއި ސ. ހުޅުދޫ ތަނޑިރަތްމާގޭ، މުހައްމަދު ޖަނާހު އެވެ.

އެ ކުންފުނީގެ އެމްޑީ ކަމަށް ކުރީން ވަނީ ގއ. ދެއްވަދޫ، ކަރަންކާގޭ ތަޒްމީލް އަބްދުއްސަމަދު އައްޔަން ކުރައްވައިފަ އެވެ.